އިރާނުގެ ބޯޑަރު ބަލަހައްޓާ ސިފައިން ތެޔޮ ބޯޓެއް ހިފަހައްޓައިފި

ގަލްފުގެ ކަނޑުގެ ސަރަޙައްދުން ތެޔޮ ސްމަގްލް ކުރަން އުޅުނު އުޅަންދެއް އިރާނުގެ ބޯޑަރު ބަލަހައްޓާ ސިފައިން ހިފަހައްޓައި، އޭގައި ތިބި ބޭރުގެ 11 ފަޅުވެރިއަކު ހައްޔަރުކޮށްފިއެވެ. އިރާނުގެ ދައުލަތުގެ މީޑިއާ އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، މި އުޅަންދުން ވަނީ ވަގަށް 382,000 ލީޓަރުގެ ތެޔޮ ހިފައިގެން ބޭރުވާން އުޅެފައެވެ. ނަމަވެސް ހައްޔަރުކުރި ފަޅުވެރިންނަކީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ ބައެއް ކަމެއް އިރާނުގެ ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.

އިރާނުގެ ސަރުކާރުން ސަބްސިޑީ ދީގެން ތެޔޮ ވިއްކާތީއާއި އެ ޤައުމުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ހެޔޮ ވެފައިވުމުގެ ސަބަބުން، އިރާނުގައި ތެލުގެ އަގު މުޅި ދުނިޔޭގެ ނިސްބަތުންވެސް އުޅެނީ ވަރަށް ދަށްކޮށެވެ. މީގެ ސަބަބުން އެއްގަމު މަގުން އަވައްޓެރި ޤައުމުތަކަށާއި ކަނޑުމަގުން ގަލްފުގެ އެހެން ޤައުމުތަކަށް ތެޔޮ އެތެރެކޮށް، ބޮޑު އަގުގައި ވިއްކުމުގެވަގު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އިރާނުގެ ސިފައިން ދަނީ މިފަދަ ސްމަގްލިންގ އޮޕަރޭޝަންތައް ހުއްޓުވުމަށް ކަނޑުމަތީގައި ޚާއްޞަ ހަރަކާތްތަކެއް ހިންގަމުންނެވެ.

މި ޙާދިސާ ހިނގާފައިވަނީ އެމެރިކާއާއި އިރާނާ ދެމެދު ގަލްފު ސަރަޙައްދުގައި އަސްކަރީ ނުތަނަވަސްކަން ބޮޑުވެ، ކަނޑުމަތީގެ ދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އިރާނުގެ ބޯޑަރު ބަލަހައްޓާ ސިފައިން ވަނީ އެ ޤައުމުގެ އިޤްޞާދީ މަޞްލަޙަތުތަކާއި ކަނޑުގެ ސަރަޙައްދީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މިފަދަ ޣައިރުޤާނޫނީ ހަރަކާތްތަކަށް ފުރުޞަތު ނުދޭނެ ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!