އެމެރިކާއިން ހަމަލަ ދިނީ ކައިވެނީގެ ހަފްލާއަކަށް

އީރާނަށް ދިން އުދުވާނީ ހަމަލާގައި އެމެރިކާ ސިފައިން ވަނީ އާންމުން ބިރު ގެންނެވުމަށް ކައިވެނީގެ ހަފްލާއަކަށް ބޮން އަޅާފައެވެ. މިއީ ނިޒާމީ ސިފައެއްގައި އެމެރިކާއިން ކުރާ ކަމެކެވެ. އިރާގާއި އަފްޣާނިސްތާންގައި ވެސް އެމެރިކާިއން ވަނީ ކައިވެނީގެ ހަފްލާތަކަށް ބޮން އަޅައި އާންމުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ޓެރަރިސްޓް ހަމަލަ ދީފައެވެ.

އީރާނުގެ ދެކުނުގެ ސަރަޙައްދެއްގައި ބާއްވަމުންދިޔަ ކާވެނި ޙަފްލާއަކަށް ރޭ އެމެރިކާއިން ދިން މިސައިލް ޙަމަލާއެއްގައި ކުޑަކުއްޖަކާއެކު ޖުމްލަ 4 މީހުން ޝަހީދުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

އީރާނުގެ ރެޑް ކްރެސެންޓުން "އެކްސް" މީސް މީޑިއާގައި ޢާއްމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ޙަމަލާ އަމާޒުވެފައިވަނީ ހުރްމުޒްގާން ޕްރޮވިންސްގެ ސިރިކް ކައުންޓީގެ ކުހެސްތަކު ސިޓީގައި އޮތް ކާވެނި ޙަފްލާއެއް ކުރިއަށްދިޔަ ގެއަށެވެ. މީސް މީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޙަމަލާގެ ސަބަބުން އެ ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހުން ބިރުން އުޅޭ މަންޒަރު ފެނެއެވެ.

ސްޓްރެޓެޖިކް ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅި ކައިރީގައިވާ ސިރިކް ކައުންޓީއަށް ސޮލީބީން ދިން މި ޙަމަލާއާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ، މިއީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވިޔަފާރި އުޅަންދަހަށް އަދި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދޭން އުޅުނު ޙަމަލާތަކާ ގުޅިގެން ދިން ރައްދު ޙަމަލާތަކެއް ކަމަށެވެ. ނަމަވެސް، ސިރިކް ކައުންޓީން އެމެރިކާއިން އަމާޒުކުރީ ސީދާ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެއެވެ. މީގެއިތުރުން، ހުރްމުޒް ކަނޑުއޮޅީގެ އިރުމަތީގެ ބައެއް ރަށްތަކަށާއި ކަރްމާން ޕްރޮވިންސްގެ އެއާޕޯޓަކަށްވެސް ބޮމުގެ ޙަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން ދިން ސޮލީބީ ސަހުޔޫނީ ޙަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީއާއި ސިފައިންގެ އިސް ވެރިން ޝަހީދު ކުރުމާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު ދަނީ ހަމަލަ ބަދަލު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!