އޭއައި އާއި ކެމެރާ އެކުލެވޭ ދަތް އުނގުޅާ ބުރުސް ބާޒާރަށް ނެރެފި

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ޑައިސަންއިން ވަނީ ދަތުގެ ޞިއްޙަތު ބެލެހެއްޓުމަށް ޚާއްޞަކޮށްގެން އޭއައި އަދި ކެމެރާ ޓެކްނޮލޮޖީ ހިމެނޭ "ކެމެރާޖެޓް" އިލެކްޓްރިކް ދަތް އުނގުޅާ ބުރުހެއް ބާޒާރަށް ނެރެފައެވެ. 499 އެމެރިކާ ޑޮލަރުގެ އަގުގައި ވިއްކާ މި ބުރުހަކީ ދެ ދަތް ދޭތެރޭގައި ހުންނަ ކޮބަޑި ފަސޭހައިން ފިލުވައިދިނުމަށް ޚާއްޞަ ޒަމާނީ ވަސީލަތްތަކާއެކު އުފައްދާފައިވާ އުފެއްދުމެކެވެ.

މި ބުރުހުގެ ދަނޑީގައި ހިމެނޭ ކުޑަ ކެމެރާއަކީ ސިކުންތަކު 28 ފްރޭމްގެ ހަލުއިމިނުގައި ދަތްތަކުގެ އެތެރެއާއި ބޭރު ސާފުކޮށްދޭ މަންޒަރުތައް ރެކޯޑުކޮށް ދައްކާ ކެމެރާއެކެވެ. މީގެއިތުރުން، 470,000 އަށްވުރެ ގިނަ ދަތުގެ ފޮޓޯ ބޭނުންކޮށްގެން ތާޒާކޮށްފައިވާ އޭއައި ސިސްޓަމަކުން ދަތްތަކުގެ މެދުގައި ހުންނަ ހުސްތަންތަން ދެނެގަނެ، އެ ތަންތަނަށް ސިކުންތުގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕްރެޝަރުގައި މައުތުވޮޝް ޖެޓް ބޭނުންކޮށްގެން ފްލޮސްކޮށްދެއެވެ.

ކެމެރާގެ ފެނުން ސާފުކޮށް ބެހެއްޓުމަށްޓަކައި ޑައިސަންއިން ވަނީ މައްޗަށް ފޮނު ނުއަރާ ޒާތުގެ ޚާއްޞަ ދަތް އުނގުޅާ ބޭހަކާއި މައުތުވޮޝެއްވެސް ތައްޔާރުކޮށްފައެވެ. މި ވަސީލަތަކީ މީސްމީޑިއާ އާއި އެޕްލިކޭޝަންތައް މެދުވެރިކޮށް ދަތްތަކުގެ 3ޑީ ތަސްވީރެއް ދައްކައިދީ އަދި ސާފު ކުރަން އުދަނގޫ ތަންތަން ވަގުތުން ދައްކައިދޭ ސިސްޓަމެކެވެ.

އަގު ބޮޑު ނަމަވެސް، ދަތުގެ ޞިއްޙަތު އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަށް މިއީ މިހާތަނަށް އުފެއްދި އެންމެ ޒަމާނީ އެއް ވަސީލަތެވެ.

ހިއްސާ ކުރައްވާ!