PressTV
PressTV

ސޮލީބީ ހަނގުރާމަ 2029 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ހިނގައިދާނެ

އެމެރިކާއިން ފަށާފައިވާ ސޮލީބީ ހަނގުރާމަ ކުރިއަށް އޮތް 2029 ވަނަ އަހަރާ ހަމައަށް ނުވަތަ އެއަށްވުރެ ފަހު ކޮޅާހަމައަށް ދިގުދެމިގެން ހިނގައިދާނެ ކަމަށް ޤައުމުގެ އިސް ސިޔާސީ އަދި އަސްކަރީ މުޙައްލިލުން ލަފާކޮށްފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނަމުން ދަނީ ހަނގުރާމަ އަވަހަށް ނިމޭނެ ކަމަށެވެ. ނަމަވެސް ވައިޓްހައުސްގެ އިސް މުޝީރުން ވަނީ، އިރާނުން ދައްކަމުންދާ ކުޅަދާނަކަމާއި ދިފާޢީ ޤާބިލުކަމުގެ ސަބަބުން އެމެރިކާއަށް އީރާން ބަލި ކުރަން ގުދު މުއްދަތެއ ްނަގާފާނެ ކަމަށް ބުނަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން ނައިބު ރައީސް ޖޭ.ޑީ. ވެންސްއާއި ޚާރިޖީ ވަޒީރު މާރޯކޯ ރޫބިއޯ ބޭއްވެވި ޚާއްސަ މަޝްވަރާތަކެއްގައި، އިރާނާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ހިސާރަ ކުރުމަށް އީރާނުން ސާބިތު ކަމާއެކު ކުރިމަތިލަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް، ހުރުމުޒު ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ހިނގަމުންދާ ކުރިމަތިލުންތަކާއި މިސައިލް ހަމަލާތަކުގެ ސަބަބުން އީރާނުގެ ވަރުގަދަކަން ސާބިތުގެ މި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ދަތިވާނެ ކަމަށް ލަފާ ކުރައްވައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ނޮވެމްބަރު މަހު ބޭއްވޭ މެދު ތެރޭގެ އިންތިޚާބު ނިމުމާ އެކު މި ހަނގުރާމަ ނިމިގެންދާނެ ކަމަށެވެ. އަދި އީރާނުގެ އަސްކަރީ ޤާބިލުކަން އެމެރިކާގެ ސިފައިން ވަނީ ބަލި ކޮށްފައި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. ނަމަވެސް، ވައިޓްހައުސްގެ އެތެރޭގެ ލިޔުންތަކާއި މަޝްވަރާތަކުން ދައްކާގޮތުގައި، އިރާނުގެ ކުޅަދާނަކަމުން އެމެރިކއަށް އަދިވެސް އިތުރު ހަމަލާތައް ދިނުމުގެ ޤާބިލުކަން އެގައުމުގައި ދަމަހައްޓަމުންދާތީ، އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދެއެވެ.

ހިއްސާ ކުރައްވާ!