އިންޑިއާ ކަނޑުން އުފަންވާ ސިޓީތައް: ބިޔަ ދެ މަޝްރޫޢެއްގެ އަޅާކިޔުމެއް

އިހު ޒަމާނުގައި ދެކުނު އޭޝިއާއިން ކަނޑާމެދު ދެކެމުންއައީ ކުރިއެރުމަށް އޮތް ހުރަހެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވެ، ކަނޑުވެފައިވަނީ އާ ސިޓީތަކަކަށް ތައްޔާރުވެފައިވާ މައިދާނަކަށެވެ.

ސްރީލަންކާގެ ވެރިރަށުގެ އައްސޭރިފަށުން ތަރައްޤީވަމުން އަންނަ ވިޔަފާރި މަރުކަޒާއި ދިވެހިރާއްޖޭގެ ތިލަ ފަޅުތަކާ ހަމައަށް، ދެ ގައުމުގެ ސަރުކާރުތަކުން ދަނީ ސަރަޙައްދުގެ ޖިއޮގްރަފީގެ އޮނިގަނޑު އަލުން އެކުލަވާލަމުންނެވެ. އިންޑިއާ ކަނޑުގެ ފަޅުތަކުން މައްޗަށް ހިއްލާލައި، ބިން ހިއްކުމުގެ ބިޔަ ދެ މަޝްރޫޢެއް މިހާރު ދަނީ ކުރިއަށެވެ. އެއީ ކޮލޮމްބޯ ޕޯޓް ސިޓީ އާއި ރާއްޖޭގެ ރަސްމާލެ އެވެ.

ފެންނަ ފެނުމަށް މިއީ އެއް ތަސައްވުރަކުން އުފަންވެފައިވާ އެއްބަނޑު އެއްބަފާ ދެ މަޝްރޫއެކެވެ. މިއީ ތޮއްޖެހުމަށް ހައްލެއް ހޯދުމަށާއި، ބޭރުގެ ބިލިއަނުން އިންވެސްޓްމެންޓް އެތެރެކުރުމަށާއި، އިޤްތިޞާދީ މުސްތަޤުބަލު އާކުރުމަށް ކަނޑުފަޅު ހިއްކައިގެން އުފައްދާ ދެ ސިޓީއެކެވެ. ނަމަވެސް، ކައިރިން ބަލައިލުމުން ކިޔައިދެނީ ވުޖޫދުގައި ނެތް ބިމެއް އައު ސިޓީއަކަށް ބަދަލުވެ ސިފަޖެހޭ ގޮތުގެ މުޅިން ތަފާތު ދެ ވާހަކައެކެވެ.

ކޮލޮމްބޯ ޕޯޓް ސިޓީ: ސަރަޙައްދީ މާލީ މަރުކަޒު

  • ކޮލޮމްބޯ ޕޯޓު ސިޓީއަކީ ސްރީލަންކާގެ ތާރީޚީ ވެރިރަށާ ގުޅުވާލައިގެން ހިއްކާފައިވާ ގާތްގަނޑަކަށް 269 ހެކްޓަރުގެ ސިޓީއެއް
  • މިއީ ސިންގަޕޫރާއި ދުބާއީއާ ދެމެދު މާލީ ފާލަމެއް އަޅައިދިނުމަށް ފަރުމާކޮށްފައިވާ، ދެކުނު އޭޝިއާގެ ބޮޑު މަސައްކަތްތެރި އާބާދީއާއި އިންޑިއާގެ ސަރަހައްދީ ގާތްކަން ބޭނުންކޮށްގެން ހިންގާ އާބާދީއަކަށް ފަހި، ފިއުޗަރިސްޓިކް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް.

ކޮލޮމްބޯ ޕޯޓް ސިޓީއަކީ، އިޤްތިޞާދީ ނާޒުކު ހާލަތަކަށްފަހު އަލުން އިގްތިސާދު ކޮޅަށްޖެހުމަށް ކޮޅުނބުން ކުރާ މަސައްކަތެކެވެ. ބޮޑެތި ދަރަނިތަކެއް ނަގައިގެން ޗައިނާގެ އިންޖިނިއަރިންއާއި ރައުސްމާލަށް ބަރޯސާވެގެން ވުޖޫދަށް އައި މި މަޝްރޫޢު ވެގެން ގޮސްފައިވަނީ ސްރީލަންކާގެ އިޤްތިޞާދީ ނާޒުކު ހާލަތް ހަގީގީ ތަރައްގީއަށް ބަދަލުކޮށްލުމުގެ ހަޤީޤީ ރަމްޒަކަށެވެ.

މިއީ ކޯޕަރޭޓް ދުނިޔޭގެ ވެރިންނަށާއި، ލަގްޒަރީ އުސް އިމާރާތްތަކަށާއި، އޮފްޝޯ މާލީ ޚިދުމަތްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ސިޓީއެކެވެ.

މި މަޝްރޫޢުގެ ބާނީން ދެކޭގޮތުގައި މިއީ، ޤައުމުގެ ތަޢުލީމީ ޒުވާނުން ބޭރަށް ދިއުން ހުއްޓުވައި ގައުމުގެ އިންސާނީ ރައުސްމާލު ގައުމުގައި ހިފަހައްޓައި ދޭނެ، ބިއްލޫރި އާއި ދަނގަނޑުގެ އޮނިގަނޑުތަކުން ވިދާލާނެ ޒަމާނީ މަތީ ފެންވަރުގެ ސިޓީއެކެވެ.

ރަސްމާލެ: މޫސުމީ ބަދަލަށް ފައްކާކޮށްފައިވާ ތިމާވެށީގެ ސިޓީ

  • ފުށިދިއްގަރު ފަޅު ހިއްކައިގެން ބިނާ ކުރާ ސިޓީއެއް.
  • ކޮލޮމްބޯ ޕޯޓު ސިޓީއަށް ވުރެން ބިމުގެ ގޮތުން ގާތގަނޑަކަށް ހަތަރު ގުނަ ބޮޑު މަޝްރުއެއް.
  • ރަސްމާލެއަކީ، 1,153 ހެކްޓަރުގެ ސަރަހައްދެއް. އެއީ، ގްރޭޓާ މާލޭ އޭރިއާށގެ އެންމެ ތަނަވަސްު ބިން.
  • ރަސްމާލޭގެ މަގްސަދަކީ، ތޮއްޖެހިފައިވާ މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދައިދިނުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދިއުމާ ދެކޮޅަށް ހަނގުރާމަކުރުމަށް ބިނާކުރާ މޫސުމީ ބަދަލުތަކަށް ކަތާ، ތިމާވެށީގެ ރައްކާތެރި  ސިޓީއެއް.

ކޮލޮމްބޯ ޕޯޓް ސިޓީއަކީ ކޯޕަރޭޓް އަމާޒެއް ކަމަށްވާނަމަ، ރަސްމާލެއަކީ މޫސުމީ ގޮންޖެހުމާ ދެކޮޅަށް ދެމިއޮތުމުގެ ހަނގުރާމަ ދައްކައިދޭ މަރުކަޒެކެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ޣަރަޤުވެދާނެ ކަމުގެ ނުރައްކާ އޮތް ދިވެހިރާއްޖެއިން ބިން ހިއްކަމުން މިދަނީ ހަމައެކަނި ލަގްޒަރީ ވިޔަފާރި ބޭނުމަކަށް އެކަންޏެއް ނޫނެވެ. އެއީ ބިން ބޭނުންވެފައިވާ އާބާދީއަކަށް ޖާގަ ހޯދައިދޭން އޮތް ހައްލެކެވެ.

ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ރަސްމާލެ މާކެޓުކުރެވެނީ ރާއްޖެ ތަޖުރިބާ ކޮށްލުމަށާއި ތިމާވެށީގެ ރައްކާތެރިކަމުގެ އަސާސްގެ މައްޗަށެވެ. މިއީ ބިމުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ޤައުމެއްގައި، ކަނޑުގެ ސަތަހައިން މައްޗަށް ރައްކާތެރިކަމާއެކު އުސްކޮށް، ބިނާ ކުރާ އަދި ޒަމާނީ ބޯހިޔާވަހިކަމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ޔަޤީންކޮށްދޭ ފިއުޗަރިސްޓިކް ތިމާވެށީގެ ސިޓީއެއް  ހެދުމަށް އަމާޒުހިފާފައިވާ ތަނެކެވެ.

ސިފަ ކޮލޮމްބޯ ޕޯޓް ސިޓީ ރަސްމާލެ
އެންމެ އިސް މަޤްޞަދު މާލީ ޚިދުމަތްތައް، ކޯޕަރޭޓް ފޮރިން އިންވެސްޓްމެންޓް އަދި ސަރަޙައްދީ ވިޔަފާރި އާބާދީ ބާރުބޮޑުވުމަށް ލުޔެއް ހޯދުން،
ބޯހިޔާވަހިކަން، އަދި މޫސުމީ ދެމެހެއްޓެނިވިކަން
ބިމުގެ ބޮޑުމިން ~269 ހެކްޓަރު ~1,153 ހެކްޓަރު
އިޤްތިޞާދީ ސިފަ ކޯޕަރޭޓް އޮފްޝޯ ޓެކްސް ހޭވަންއަކާއި ދިރިއުޅުމުގެ ވައްޓަފާޅީގެ މަރުކަޒެއް ވެރިރަށަށް ޖާގަތަނަވަސްކޮށް ފުޅާކުރާ، ސްމާޓް ޖަޒީރާގެ ބިޔަ މަޝްރޫޢެއް
އެންމެ ބޮޑު އިމްތިޙާނު ސިޔާސީ އަދި އިޤްތިޞާދީ ހަމަޖެހުން ސާބިތުކޮށްދިނުމާއި އިދާރީ ހުރަސްތައް ކަޑައްތުކުރުން ނާޒުކު ތިމާވެށީގެ މާޙައުލެއްގައި ބޮޑު ފައިނޭންސިންއަކާއި އަމަލީ މަސައްކަތްތައް ކާމިޔާބުކުރުން

 

ހިއްސާ ކުރައްވާ!