އަބްދުއްސައްޔިދުގެ އަނބިކަނބަލުން އިންޑިއާގެ ކަރްނާޓަކާ ބޭފުޅެއް

އެމެރިކާގެ މިޝިގަން ސްޓޭޓުން ސެނެޓުގެ ގޮނޑި ކާމިޔާބުކުރައްވައި، އެ ޤައުމުގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ މުސްލިމް ސެނެޓަރު ޑޮކްޓަރ އަބްދުއްރަޙްމާން އައްސައްޔިދު ގެ ތާރީޚީ ކާމިޔާބީގައި، އޭނާގެ އަނބިކަނބލުން ޑޮކްޓަރ ސާރާ ޖުކަކޫގެ ދައުރު ބޮޑުކަން ފާހަގަކުރައްވައިފިއެވެ.

ސާރާ ޖުކަކޫގެ ޢާއިލީ އަދި ސަގާފީ އަސްލަށް ބައިނަލްއަޤުވާމީ މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ނަފުސާނީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ސާރާ ޖުކަކޫއަކީ އިންޑިއާގެ ކަރްނާޓަކާގެ މުސްލިމުން ގިނަ ބަޓްކަލްގެ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. މިއީ މެންގަލޫރާ ކައިރީގައި އޮންނަ ޓައުނެކެވެ.

ކެމްޕޭނުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ ފަރާތުން ސައްޔިދަށް އަމާޒުކޮށް ނަސްލީ އަދި ދީނީ ތަފާތުކުރުމުގެ ހަމަލާތަކާއި އިސްލާމޯފޯބިއާގެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، ސާރާ ވަނީ ކެމްޕޭންގެ ކޮންމެ މަރުޙަލާއެއްގައިވެސް ފަސްޖެހިވަޑައިނުގެން ފިރިކަލުންގެ އަރިހުގައި ސާބިތުވެ ހުންނަވާފައެވެ. އިންތިޚާބުގެ ނަތީޖާ ލިބުމާއެކު ޑެޓްރޮއިޓްގައި ބޭއްވި އުފާފާޅުކުރުމުގެ އެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ސައްޔިދު ވަނީ މި ކާމިޔާބީއަކީ ނަފްރަތާއި އިސްލާމޯފޯބިއާގެ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ދިން ވަރުގަދަ ރައްދެއް ކަމަށް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!