އެންވީޑިއާގެ ކުރީގެ ސީއީއޯއާ ގުޅުން އޮތް ޗައިނާގެ ވިޔަފާރިވެރިޔާ، ޖާސޫސެއްކަން އަދި ކަށަވަރުނުވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފި އެވެ. އެމެރިކާގެ ޗިޕް އުފައްދާ ބޮޑު ކުންފުނި، އެންވީޑިއާގެ ކުރީގެ ސީއީއޯ ޖެންސަން ހުއާންގްއާ ލޯބީގެ ގުޅުމެއް ބޭއްވި ޗައިނާގެ ވިޔަފާރިވެރިޔާ އަލީސް ހުއާންގްއާއި ޗައިނާ ސަރުކާރާ ދެމެދު އޮތް ގުޅުން ދެނެގަތުމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ކުރަމުންދާ މަސައްކަތުގައި، އޭނާއަކީ ބެއިޖިންގއަށް މަސައްކަތްކުރާ ޖާސޫސެއްކަން ސާބިތުވާފަދަ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ސީ.އެން.އެން އިން ރިޕޯޓުކޮށްފިއެވެ.
ކޮންމެއަކަށް ދުނިޔޭގެ އެންމެ ބޮޑު ޗިޕް އުފައްދާ ކުންފުނީގެ ބާނީ އަދި ސީއީއޯީ އިސްތިއުފާ ދިނުމުން އޭނާގެ މަގާމަށް އަންނަން ތިބި 3 މީހުންނަކީ ވެސް އިސްރާއީލާ ގުޅުން ބާއްވާ އެބޭފުޅުންގެ ރަހުމަތްތެރިންނެވެ.
މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން އަލީސް ހުއާންގް ރެކްރޫޓްކޮށް، ޖެންސަން ހުއާންގް މެދުވެރިކޮށް އެމެރިކާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ޖާސޫސުކުރުމަށް ބޭނުންކުރިކަމަށް ބުނާ ހެކިތަކުގެ ބުރަދަނާ މެދު އޮފިޝަލުންގެ މެދުގައި ދެބަސްވުންތައް އެބަހުއްޓެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އިން މި ގުޅުން ތަޙުޤީޤު ކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެޓާނީ ޖެނެރަލް ޓޮޑް ބްލާންޝް ބުރާސްފަތި ދުވަހު ވިދާޅުވީ އަލީސް ހުއާންގްގެ ޙަޤީޤީ މަޤްޞަދާ މެދު ޖަސްޓިސް ޑިޕާޓްމަންޓުންނާއި އެފް.ބީ.އައި ގެ ޑިރެކްޓަރު ކާޝް ޕަޓޭލްވެސް އަދި ވަކި ނިންމުމަކަށް އައިސްފައިނުވާ ކަމަށެވެ.
ނެޝަނަލް އިންޓެލިޖެންސް ޑިރެކްޓަރު ޖޭ ކްލޭޓަންގެ އޮފީހުގެ ބައެއް އޮފިޝަލުންނާއި ސީ.އައި.އޭ ގެ އޮފިޝަލުން ދެކެވަޑައިގަންނަވާ ގޮތުގައި، އަލީސް ހުއާންގްއަކީ ޗައިނާގެ ޖާސޫސެއް ކަމަށް ސިފަކުރުމަކީ ޙަޤީޤަތާ ޚިލާފު އަދި މާބޮޑަށް އުފައްދައިގެން ދައްކާ ވާހަކައެކެވެ.
އޭނާގެ ފޯނު ކޯލުތަކާއި މުޢާމަލާތްތައް އަޑުއަހައިގެން އެއްކުރެވުނު މަޢުލޫމާތުތަކުންވެސް، އޭނާ ގަސްތުގައި ޗައިނާއަށް ސިއްރު މަޢުލޫމާތު ފޯރުކޮށްދިންކަން ސާބިތުނުވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް، ޗައިނާގެ ޤައުމީ ސަލާމަތާބެހޭ ޤާނޫނުގެ ދަށުން އެ ޤައުމުގެ ކޮންމެ ރައްޔިތަކަށްވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ޖާސޫސީ މަޢުލޫމާތު އެއްކޮށްދިނުމަށް މަޖުބޫރުކުރެވޭތީ، ޖެންސަން ހުއާންގްއާއި ރައީސް ޑޮނަލްޑް ޓްރަމްޕާ އޮތް ގާތްކަމުގެ ސަބަބުން އޭނާއަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބައެއް އޮފިޝަލުން ޤަބޫލުކުރެއެވެ.
މި މައްސަލައިގެ ތެރެއިން، އަލީސް ހުއާންގްގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "މެގަސްޕީޑް" މެދުވެރިކޮށް އެމެރިކާއިން ޗައިނާއަށް ވިއްކުން މަނާކޮށްފައިވާ އެންވީޑިއާގެ އޭއައި ޗިޕްތައް ވަގަށް ބޭރުކުރި ކަމަށް ބުނާ ތުހުމަތުތަކެއް ޖަސްޓިސް ޑިޕާޓްމަންޓާއި ކޮމާސް ޑިޕާޓްމަންޓުން 2024 ވަނަ އަހަރުން ފެށިގެން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ތަޙުޤީޤު ކުރިއަށްދިޔައިރުވެސް، އެމެރިކާއާ ވިޔަފާރިކުރުން މަނާ ކުންފުނިތަކުގެ ލިސްޓުގައި ކޮމާސް ޑިޕާޓްމަންޓުން މެގަސްޕީޑް ހިމަނާފައިނުވާތީ ވައިޓް ހައުސްގެ ތެރޭގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ޗައިނާގެ ޖާސޫސީ އަންހެނަކާއެކު ލޯބީގެ ގުޅުން ބޭއްވި ކަމުގެ ރިޕޯޓުތައް ފެންމަތިވިތާ ދުވަސްކޮޅެއް ފަހުން ޖެންސަން ހުއާންގް ވަނީ އެންވީޑިއާގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އަދި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މާކޯ ރޫބިއޯ ވަނީ މިދިޔަ އަހަރުގެ ބަހާރު މޫސުމުގައި ނެރުއްވި މެމޯއެއްގައި މި ގުޅުމާ މެދު އިންޒާރު ދެއްވައި، މެއި މަހު ރައީސް ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރިޔާސީ މަތިންދާބޯޓުގައި އެކަމުގެ މަޢުލޫމާތު ޓްރަމްޕަށް އަރުވާފައެވެ.
އެފް.ބީ.އައި އިން ކޮންގްރެސްގެ މެންބަރުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ޗައިނާގެ ދައުލަތުގެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އަލީސް ހުއާންގް، ކުއްލި ގޮތަކަށް ބޮޑު ވިޔަފާރިވެރިއަކަށް ބަދަލުވެ، ޗައިނާގެ އިޤްތިޞާދުގައި އާދަޔާ ޚިލާފަށް ބޮޑު މާލީ ބާރެއް ހޯދި ގޮތާ މެދު ބޮޑެތި ޝައްކުތަކެއް އުފެދެއެވެ.
ހައުސް އިންޓެލިޖެންސް ކޮމިޓީގެ އިސް މެންބަރު ޖިމް ހައިމްސް ވިދާޅުވީ ޖާސޫސީ އިދާރާތަކުގެ ސިއްރު ބައްދަލުވުމަކަށްފަހުވެސް އަލީސް ހުއާންގްއާއި ޗައިނާ ސަރުކާރާ ދެމެދު ބަދަލުކުރެވުނު މަޢުލޫމާތުގެ މިންވަރު އަދިވެސް ސާފުނުވާ ކަމަށެވެ.
ޔޫއެސް-ޗައިނާ އިކޮނޮމިކް އެންޑް ސެކިއުރިޓީ ރިވިއު ކޮމިޝަންގެ ކޮމިޝަނަރު ޖޯޝުއާ ހޮޖެސް ވިދާޅުވީ، ޗައިނާއަކީ އަމިއްލަ މަޞްލަޙަތަށްޓަކައި މީހުންގެ ބޭނުން ހިފުމުގައި ވަރަށް ކުޅަދާނަ ބައެއް ކަމަށާއި، މިފަދަ ގުޅުންތަކުގެ ފަހަތުގައި އޮންނަނީ ހަމައެކަނި ޗައިނާއަށް ފައިދާވާނެ ސިޔާސަތުތައް ކުރިއެރުވުން ކަމަށެވެ.





