ޢަރަބި ޕާޓީތަކާ އެކު ސަރުކާރު އެކުލަވާލަން ތާއީދުކުރާ ޔަހޫދީ ސިޔާސީ ވެރިންނަށް މަރުގެ އިންޒާރުގެ ދީނީ ޔަހޫދީ ފަތުވާއެއް ނެރެފި އެވެ.
ހައިފާގެ ފާދިރީންގެ ކޯޓުގެ ކުރީގެ އިސްވެރިޔާ، ރާބާއި ގެދާލިއާ އަކްސެލްރޮޑް ނެރުނުވފަތަވާ ގައި ވަނީ، ޢަރަބި ޕާޓީތަކާ އެކު ކޯލީޝަން ހަދަން ނުވަތަ އެފަދަ ސަރުކާރަކަށް ޖާގަދޭން މަސައްކަތކުރާ ޔަހޫދީ ސިޔާސީ ލީޑަރުންނަށް ޔަހޫދީ ދީނީ ޤާނޫނީ އުޞޫލެއް ކަމަށްވާ "ދިން ރޮޑެފް" (ނުވަތަ ފަސްފަހަތުން ފަހައިދާ ކުށްވެރިޔާގެ ޤާނޫނު) ތަންފީޒު ކުރުމަށް ހުކުމް ކޮށްފައެވެ.
އިސްރާއީލުގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙުކުމުގައި ބުނެފައިވަނީ އެފަދަ ސިޔާސީ އެއްބާރުލުންތަކުގެ ސަބަބުން އިސްރާއީލާއި މުޅި ދުނިޔޭގައި ތިބި ޔަހޫދީންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. "ދިން ރޮޑެފް" ގެ މާނައިގެ ދަށުން، ނުރައްކަލެއް ކުރިމަތިކުރުވާ ފަރާތެއް ހުއްޓުވުމަށްޓަކައި ބޭނުންވެއްޖެ ހިނދެއްގައި ފުރާނައަށް ގެއްލުން ދީ އެފަދަ މީހަކު މާރާލުން ހިމެނެއެވެ.
މީގެ ކުރިން 1995 ވަނަ އަހަރު ބޮޑުވަޒީރު ޔިޒްހާކް ރަބިން މަރާލި ހާދިސާގައި ޔިގާލް އަމީރު ވެސް ވަނީ މިފަދަ ދީނީ ޙުކުމްތަކަކަށް ތަބާވެ ޙަވާލާދީފައެވެ.
85 އަހަރުގެ ފާދިރީ ގެ ފަތަވާއާ ގުޅިގެން ސިޔާސީ އަދި ސަލާމަތީ ދާއިރާގެ އިސް ފަރާތްތާކުން ވަނީ ފާޑު ކިޔާފަ އެވެ. އަދި ޝިން ބެޓާއި މޮސާޑްގެ ކުރީގެ ވެރިން ހިމެނޭ ގޮތަށް ސަލާމަތީ ޚިދުމަތްތަކުގެ އިސްވެރިން ވަނީ މިކަމުގައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ގޮވާލާފެވެ.







