އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމިގެން ގެއަށް ދާއިރު، އީރާނުގެ މިހާރުގެ ވެރިން ވެރިކަމުގައި ތިބުމަކީ އޭނާއަށް ލިބޭނެ ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، އީރާނުގެ ލީޑަރުންނަށް އިންޒާރު ދެއްވައިފިއެވެ.
އީރާނުން ވަނީ އީރާނުގެ ލީޑަރު އަލީ ޚަމަނާއިއާއި ކުޑަކުދިންނާއި ސައިންޓިސްޓުން ޝަހީދުކޮށްލުމުގައި ޓްރަމްޕް ބައިވެރިވެފައިވާތީ އޭނާއަށް ދިރިހުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ބުނެ އިންޒާސރު ދީފައެވެ.
ބުރާސްފަތި ދުވަހު "ސޭލަމް ނިއުސް ޗެނަލް" ގެ ޕްރެޒެންޓަރު ހިއު ހިއުވިޓްއަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ އީރާނުގެ ވެރިންނަކީ "މޮޔައިން" ކަމަށް ބުނެފައެވެ. އަދި އެމީހުން މަގާމުގައި ތިބެއްްޖެނަމަ އެއީ އޭނާއަށް ލިބޭނެ ނާކާމިޔާބީއެއް ކަމަށް ބުންޏެވެ.
އީރާނުން ބުނަނީ އީރާނުގެ ވެރިކަން ބަދަލު ކުރަން ޓްރަމްޕް އުޅެން ހަދައިގެން ބަދަލު ވެފައި ވަނީ ވޮޞިންޓަނުގައި އޭނާގެ ބާރާއި ނުފޫޒު ކަމަށެވެ.
މި ބަސްދީގަތުމުގައި، އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް ފަދަ އެމެރިކާގެ އިސް އޮފިޝަލުން އިރާނަށް ބިރުން ބޮނދައިގެން އުޅޭތީ އެކަމާ މެދުވެސް ވަނީ ސުއާލުކޮށްފައެވެ.
ޓްރަމްޕަށް ވަނީ އީރާނުގެ ބިރު ދެއްކުމާ ހެދިު ހަދަންވީ ގޮތެއް ނޭނގި ގޮސް ހުސްވެފައެވެ.





