ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބްރިޖު

ފައިމަގުގައި ހިނގުމަށް ބިނާ ކޮށްފައިވާ ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބްރިޖް ޗެކް ރިޕަބްލިކުގައި ހުޅުވައިފިއެވެ. 300 ފޫޓު އުހުގައި ހަދާފައިވާ މި ބުރިޖުން ބައި މޭލަށް ހިނގާފައި ދެވޭނެއެވެ.

ސްކައި ބްރިޖް 721 އަކީ ޕްރާގް އިން ގާތްގަނޑަކަށް 3 ގަޑިއިރުގެ ރާސްތާއެއްގެ ދުރުގައި އޮންނަ ބުރިޖެކެވެ. މި ބުރިޖުގެ ދަށުގައި އޮންނަ ވާދީގެ ފެހިކަން 311 ފޫޓު ތިރިން ފެންނާން އޮންނާނެއެވެ.

މި ބުރިޖް މަތީގައި އެއް ފަރުބަދައިން އަނެއް ފަރުބަދައަށް ހިނގާލާފައި ދެވޭނެއެވެ. ބްރިޖުގެ މަސައްކަތް ނިންމަން ދެ އަހަރު ހޭދަވި އެވެ.

މި ބްރިޖުގެ ސައިޓްގައި ބަހައްޓާފައިވާ ބޯޑުގައިވާ ގޮތުން މި ސްކައި ބްރިޖް 721 އަކީ ހަމައެކަނި ސްޓްރަކްޗާއެއް ނޫނެވެ. މިއީ ހިސާބުގެ ތާރީޚް ކިޔައިދޭ މީހުން ހޭލުންތެރިކޮށްދޭ ރާސްތާއެއް ކަމަށެވެ. އަދި މި ރާސްތާއަށް ނަން ދީފައި ވަނީ “ދަ ބްރިޖް ޓައިމް”ގެ ނަމުންނެވެ.

މި ބްރިޖުގެ ކުރިން އެންމެ ދިގު ސަސްޕެންޝަން ބްރިޖުގެ ރިކޯޑް ހަދާފައި ވަނީ ޕޯޗުގަލްގެ 516 އަރޯކާ ބްރިޖުންނެވެ. ޕޯޗުގަލްގެ ބްރިޖުގެ ކުރިން ރެކޯޑް އޮތް ބްރިޖަކީ، ޖަޕާނުގެ ކޮކޯނޯ ޔޫމެ ބްރިޖެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް