އިސްލާމް ދީނަށް ކުރި ދަތުރު: ބުރޫސް ޕެޓަރސަން

އިނގިރޭސިވިލާތުގެ ކުރީގެ ކެތޮލިކް އަގީދާ ގަބޫލުކުރި މީހެއްކަމަށްވާ ބުރުސް ޕެޓަރސަން އޭނާ އިސްލާމް ދީން އިޚުތިޔާރު ކުރިގޮތުގެ ވާހަކަ ކިޔައިދިނެވެ. އޭނާ ބުންޏެވެ!

“އަޅުގަނޑު މިފުރުޞަތުގައި އަޅުގަނޑު އިސްލާމްދީނަށް ކުރި ދަތުރު ތިޔަބޭފުޅުންނާ ހިއްސާކުރަން ބޭނުންވާއިރު، މި ތަޖުރިބާ ތިޔަބޭފުޅުންނާ ހިއްސާކުރުމުން އަޅުގަނޑަށް ޙަޔާތުގެ ދަތުރުގައި ތިޔަ ބޭފުޅުންގެ ދުއާ ލިބޭނެ ކަމަށް އަޅުގަނޑަށް އިޙްސާސްކުރެވެއެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް ގިނަ ފަހަރަށް އޮޅުން ބޮޅުން ބޮޑު އަދި އުނދަގޫ ދުނިޔެއެއް ކަމަށް ފެންނަ ދުނިޔޭގައި ތަފާތު ސަގާފަތްތަކާއި ގައުމުތަކާއި ދީންތަކަށް އުފަން ބައެކެވެ.

ހަގީގަތުގައި އަޅުގަނޑުމެންގެ ވަށައިގެންވާ ދުނިޔެއަށް ބަލާއިރު، އެއީ ކޮންފަދަ އުނދަގޫ ހާލަތެއްގައި އޮތް ތަނެއް ކަން ފަސޭހައިން ފެންނާނެ: ހަނގުރާމައާއި، ފަގީރުކަމާއި، ކުށްކުރުން… މިފަދަ އެތައް ކަމެއްގެ ލިސްޓު ކިޔައި ދެވިދާނެއެވެ. އެހެނަސް އަޅުގަނޑުމެންގެ އަމިއްލަ ތަރުބިއްޔަތާއި އަޅުގަނޑުމެންގެ ތަޢުލީމަށް ބަލާއިރު، އަޅުގަނޑުމެންނަށް ކިޔައިދެވިފައިވާ ހުރިހާ ވާހަކަތަކަކީ، ޙަޤީޤަތުގައި ޙަޤީޤަތް ކަމުގައި ޔަޤީން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟

ހިތާމައަކީ ދުނިޔޭގެ ގިނަ މީހުން ނިންމަނީ ތެދުވެ ހަގީގަތާ ކުރިމަތިލުމަށްވުރެ ދުނިޔޭގެ މައްސަލަތަކުން ފޮރުވިގެން ތިބެ އެކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށެވެ. ހަގީގަތާ މުއާމަލާތް ކުރުމަކީ ގިނަ ފަހަރަށް ކުރިއަށް ދާން އުނދަގޫ މަގެވެ.

ސުވާލަކީ: ހަގީގަތާ ކުރިމަތިލާން ތައްޔާރަށް ހުރިން ހެއްޔެވެ؟ ހިތްވަރެއް އެބަ ހުރި ހެއްޔެވެ؟  ނުވަތަ ފިލައިގެން ގޮސް އެހެން މީހުން ފަދައިން ފޮރުވިގެން އުޅެން އުޅެނީ ހެއްޔެވެ؟

އަހަރެންގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފެށީ މީގެ އެތައް އަހަރެއް ކުރިންނެވެ. އަހަރެން ބޭނުންވީ އަހަރެމެން މި ކާއިނާތުގައި ވުޖޫދު ވުމުގެ ހަގީގަތް ހޯދާށެވެ. ހަމަ ޔަޤީނުންވެސް ދިރިއުޅުން ރަނގަޅަށް ދެނެގަތުމަކީ މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ދުނިޔޭގެ ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގެ ތަޅުދަނޑިއެވެ.

އަހަރެން އުފަންވީ ކްރިސްޓިއަން އާއިލާއަކަށެވެ. މިއީ އަހަރެންގެ ދަތުރު ފެށުނު ހިސާބެވެ. އަހަރެން ބައިބަލް (އިންޖީލު) ކިޔަން ފެށީމެވެ. އަދި އަގީދާގެ ކަންކަމާ ސުވާލު ކުރަން ފެށީމެވެ. ލިބުނު ޖަވާބުތަކުން އަވަހަށް ހިތްހަމަ ނުޖެހުނެވެ.

ފާދިރީ އަހަރެން ގާތު ބުނީ “ތިޔަ ކަން ގަބޫލު ކުރުމުގައި ޖެހޭނީ ހަމައެކަނި އީމާންތެރިކަން ހުންނަން” ކަމަށެވެ. ބައިބަލް މުތާލިއާ ކުރުމުން އަހުރެންނަށް ފެނުނީ ފުށުއެރުންތަކާއި ސާފުކޮށް ހުރި ގޯސް ކަންތައްތަކެވެ. އިލާހީ ޒާތުފުޅާ މި ވާހަކަތައް ފުށުއަރަނީ ހެއްޔެވެ؟ ނޫނީ އިލާހީ ބަސްފުޅުގައި ފުށު އެރުމެއް އުޅެނީ ހެއްޔެވެ؟

ހަމަހިލާ އެހެނަކުންނެއް ނޫނެވެ! އަހަރެން ކްރިސްޓިއަން ދީނުގައި ކުރިއަށް ދިޔައީ، ޔަހޫދީންނާއި ކްރިސްޓިއަނުންގެ ދީނީ ފޮތް ފަސާދަވެފައިވާތީ އެ ފޮތުގެ ދޮގުން ހަގީގަތް ހޯދިދާނެ ގޮތެއް ނެތް ކަމަށް ހީކޮށްގެންނެވެ.

އަހުރެން އިރުމަތީގެ ގައުމުތަކުގެ ދީންތަކާއި ފަލްސަފާތަކާއި، ޚާއްޞަކޮށް ބުޑިޒަމްގެ މައުލޫމާތު ހޯދަން ފެށީމެވެ. ބުޑިސްޓް ފައްޅިތަކުގައި މެޑިޓޭޝަން ކުރުމާއި ބުޑިސްޓް ފާދިރީންނާ ވާހަކަ ދައްކައިގެން މައުލުމާތު ހޯދަން އަހަރެން ގިނަ ވަގުތު ހޭދަކުރީމެވެ.

މެޑިޓޭޝަން ކުރުމުން އަހަންނަށް ލިބުނީ ރަނގަޅު ސާފު އަސްލު އިހުސާސެކެވެ. މައްސަލައަކީ ކައުމާއި ވުޖޫދުގެ ހަގީގަތާ މެދު އަހަރެން ކުރި އެއްވެސް ސުވާލަކަށް އެފަރާތުން ޖަވާބެއް ނުލިބުމެވެ. އޭގެ ބަދަލުގައި އެމީހުން އަހުރެންނާ ދުރުހެލިވީ އެވާހަކަ ދެއްކުމަކީ ވެސް މޮޔަކަމެއް ކަމުގައި ހީވާފަދަ ގޮތަކަށެވެ.

އަހަރެން ހަގީގަތް ހޯދުމަށް ކުރި މަސައްކަތުގައި ދުނިޔޭގެ އެތައް ހިސާބަކަށް ދަތުރުކުރީމެވެ. ޤަބީލާ މީހުންގެ ބޯދާ ދީންތަކާއި ރޫޙާނީ ވިސްނުމުގެ ގޮތަށް ޝައުގުވެރިވިއެވެ. މި ދީންތަކުން ދައްކަމުން ދިޔަ ވަރަށް ގިނަ ވާހަކަތަކުގައި ހަގީގަތް ހުރިކަން އަހަންނަށް އެނގުނު ނަމަވެސް ދުވަހަކުވެސް މުޅި ދީނަކީ ހަގީގަތެއްގެ ގޮތުގައި ބަލައެއް ނުގަނެވުނެވެ.

ކްރިސްޓިއަން ދީނުން ފެށުނު ގޮތާ އެއްގޮތް ކަންތައްތަކެއް ފެނުނެވެ.

އަހަރެންނަށް ހީވާން ފެށީ ކޮންމެ ކަމެއްގައިވެސް ހަގީގަތެއް އޮތް ކަމަށާއި އެއީ ތިމާ ގަބޫލުކުރާ އެއްޗަކާއި ތިމާ ތަބާވާ އެއްޗަކާ މާބޮޑު ތަފާތެއް އޮންނަންވީ ކަމެއް ނޫން ކަމަށެވެ.

އެއް ހަގީގަތެއް އެކަކަށް އަދި އަނެއް ހަގީގަތެއް އެހެން މީހަކަށް ހެއްޔެވެ؟ އިލާހަށް މި އޮޅުން ބޮޅުން ހާލަތުން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ދެންނެވީމެވެ.

އަޅުގަނޑަށް އަބަދުވެސް އިސްލާމްދީނާ ބެހޭގޮތުން އެނގޭ އެއްޗަކީ، ހުޅަނގުގައި އިވޭ އަޑުތަކެވެ. އެކަމަކު އިސްލާމްދީން އުނގެނި އެދީނާމެދު އެނގި ޤުރުއާން ކިޔަވާ ސުވާލުތައް ކުރިވަރަކަށް ހަޤީޤަތްތައް ހާމަވާން ފެށިއެވެ.

އިސްލާމްދީނާއި އެހެން ދީންތަކުގެ ފާހަގަކޮށްލެވޭ ތަފާތަކީ ޚާލިޤުއާއި މަޚުލޫޤާ ދެމެދު ހަރުކަށި ކޮށް ތަފާތެއް ކުރާ ހަމައެކަނި ދީނަކީ އިސްލާމްދީން ކަމެވެ. އިސްލާމްދީނުގައި އަޅުގަނޑުމެން އަޅުކަން ކުރަނީ ޚަލްޤުކުރެއްވި ފަރާތަށެވެ. ނަމަވެސް އެހެން ކޮންމެ ދީނެއްގައިވެސް ޚަލްޤުތައް ހިމެނޭ ގޮތަށް ކޮންމެވެސް ވައްތަރެއްގެ އަޅުކަމެއް އޮންނަކަން ތިބާއަށް ވެސް ފެންނާނެއެވެ.

މިސާލަކަށް އެހެން ދީންތަކުގައި އިލާހީ ޒާތުފުޅު ތަޖުސީދުކޮށް، ހިލައާއި އިންސާނުންނަށް އަޅުކަން ކުރުމަކީ އެމީހުންނަށް އާދަޔާ ޚިލާފު ކަމެއް ނޫނެވެ.  ޔަގީނުންވެސް އިސްލާމްދީނުގައި މާތްالله  ނުފުއްސަވާނެ ހަމައެކަނި ފާފައަކީ ޚާލިޤުތަކުންނަށް އަޅުކަންކުރުމެވެ. ކީރިތި ޤުރުއާނުން އިސްލާމްދީނުގެ އެ ހަގީގަތް ފެނިގެންދެއެވެ.

ޤުރުއާނަކީ ދިރިއުޅުމަށް ޓެކްސްޓް ފޮތެއް ފަދަ މަގު ދައްކައިދޭ ގައިޑެކެވެ.  އިލާހީ މި ފޮތުން އިންސާނާގެ ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެއެވެ.

އަހަރެންގެ ހޯދުންތަކުން އެކިއެކި ދީންތަކާ ބެހޭގޮތުން އަހަންނަށް ދަސްވި ހުރިހާ އެއްޗަކާއި، އަހަރެންނަށް ތެދުކަން އެނގޭ ހުރިހާ އެއްޗެއް، ޖިގްސޯ ޕަޒްލްގެ ބައިތަކެއް ފަދައިން އެއްކޮށް ގުޅިފައި ހުއްޓައި އިސްލާމް ދީނުން ފެނުނެވެ.

ޤުރުއާނުގައި ބަޔާންކޮށްފައިވާ ހަގީގަތް ފެންނަނީ އިސްލާމްދީނުންނެވެ. ހުޅަނގުގެ ފަލްސަފާއިން އަޅުގަނޑުމެންނަށް އުނގަންނައިދެނީ އިސްލާމްދީނެއް ނޫނެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް