ބުރުގާ އަޅާ ކުޅުންތެރިންނާ މެދު ފްރާންސުން ތަފާތު ކުރާތީ ފާޑު ކިޔައިފި

އޮލިމްޕިކްސްގައި އޮސްޓްރޭލިއާ ތަމްސީލުކުރާ ފުރަތަމަ މުސްލިމް އަންހެން ބޮކްސިން ކުޅުންތެރިޔާ ޓީނާ ރަޙީމީވަނީ ޙިޖާބުން ބޯ ނިވާކޮށްގެން ތިބޭ ފްރާންސްގެ މުސްލުމު ކުޅުންތެރިންނާ މެދު ޕެރިހުން ތަފާތު ކުރުން ގެންގުޅޭތީ އެކަމަށް ފާޑު ކިޔާފައެވެ.  ޓީނާ ރަޙީމީ ވަނީ އަތް ދިގު ހެދުމެއްގައި ޙިޖާބުން ބޯ ނިވާކޮށްގެން އޭނާގެ ޤައުމު ތަމްސީލު ކުރުމަށް ނިކުމެފައެވެ.

ޕެރިހުގައި 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ފްރާންސްގެ ސްޕްރިންޓަރު ސައުންކަމްބާ ސިލާ، ބުރުގާ އަޅައިގެން ފްރާންސްގެ ޓީމަށް ނިކުންނާތީ އޭނާ ޓީމުން ބާކީ ކުރަން މަސައްކަތް ކުރިއެވެ. ނަމވެސް ފަހު ވަގުތު އޭނާއަށް ހުއްދަ ދިނީ އޭނާ ބޮލުގައި ތޮއްޕެއް އަޅައިގެން އިސްތަށިގަނޑު ނިވާކޮށްގެން ޓީމުގައި ބައިވެރިވުމަށް ހުރަހެއް ނެތް ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!