އީރާނުގެ ފުޓްބޯޅަ ޓީމުން ވޯލްޑް ކަޕްގައި ދެއްކި ހިތްވަރަކީ "އިންސާނިއްޔަތާ ޚިލާފު އަދި ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ" ބޮޑެތި ފިއްތުންތަކެއްގެ އެމެރިކާއިން އެޓީމަށް ކުރިމަތި ކުރުމުންވެސް ރީތި ނަމޫނާއެއް ދެއްކި ޓީމެކެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ފިއްތުމަކަށް އެޓީމު ކުޑަކަކޫ ނުޖެހި ކަމަށާއި، ބޮޑެތި ފިއްތުންތަކަކުން އެޓީމު އެމެރިކާއަށް ބަލިކުރެވިފައި ނުވާ ކަމަށެވެ.
އޮސްޓްރިއާއާއި އަލްޖީރިއާ ބައްދަލުކުރި މެޗަށްފަހު، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދިއުމުގެ އުއްމީދު އީރާނަށް ވަނީ ގެއްލިފައެވެ.
މުބާރާތުގެ ތެރޭގައި އީރާނުގެ ޓީމަށް ދަނޑުން ބޭރުން އެމެރިކާގެ މަސްއޫލު ފަރާތްތަކުގެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަމާއި ވިސާގެ މައްސަލަތަކުގެ ސަބަބުން، މުބާރާތް ހޯސްޓްކުރާ މެކްސިކޯގައި ޓީމުގެ ބޭސް ކޭމްޕް ހެދި ނަމަވެސް، އެމެރިކާގައި ކުޅޭ ގްރޫޕް ސްޓޭޖުގެ ތިން މެޗަށް ދަތުރުކުރުމުގައި ވަގުތު ކުޑަތަން ކޮށް އެޓީމުގެ ހިތްވަރު އެލުވާލުމަށް އެމެރިކާއިން މަސައްކަތް ކުރިއެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އީރާނުގެ ޓީމަށް ޝަރުތުކުރީ ކޮންމެ މެޗެއްގެ 24 ގަޑިއިރު ކުރިން އެމެރިކާއަށް އެތެރެވެ، މެޗު ނިމުމާއެކު އެދުވަހު ވަގުތުން އެނބުރި ދިއުމަށެވެ. އީރާނުގެ ކޯޗު އަމީރު ގަލެނޮއީ ވަނީ އެމެރިކާ ސަރުކާރުން އޭނާގެ ޓީމާ މެދު އަމަލުކުރި ގޮތަކީ "އިންތިހާއަށް ދަށު ދަރަޖައިގެ" އަމަލެއް ކަމަށް ސިފަކޮށްފައެވެ.
އެމެރިކާގެ ފީފާ އިންތިޒާމު ތަކަކީ މިހާތަނަށް އެންމެ ދޯހަޅިކޮށް ވޯލްޑްކަޕެއްގައި ކުރެވުނު އިންތިޒާމު ތަކެވެ. ގަތަރުގައި އޮތް އިރު އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ހުރަސް އެޅޭކަމަށް ބުނެ ހުޅަނގުންނާއި ހުޅަނގު މީޑިއާ އިން އަމަލު ކުރިނަމަވެސް އެމެރިކާގެ އިންސާނީ ހައްގަށް އަރައިގަންނަ ހިނދު ތިބެނީ ހިމޭނުންނެވެ.



