އިރާނުން ވޮޝިންގޓަންގައި ކެމިކަލް ހަތިޔާރު ބޭނުންކުރަން އުޅޭކަމަށް ފަތުރާ ޚަބަރުތަކަކީ އެއްވެސް އަސަސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ އެވެ.
މީސް މީޑިއާގައި ޙިއްޞާކުރެއްވި ބަޔާނެއްގައި ޚާރިޖީ ވަޒީރު ޢަރަޤްޗީ ވިދާޅުވީ، ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި އިސްރާޢީލަށް ތާޢީދުކުރާ މީޑިއާ ދަނީ އީރާނާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަމުން ކަމަށެވެ. އެގޮތުން، އީރާންގެ ފެން ރައްކާ ކުރާ ތަންތާނގެ ދަށުގައި މިސައިލް ބޭސްތައް ހަދަމުންދާ ކަމަށާއި، ވޮޝިންގޓަންގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ރާވަމުންދާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ބުހުތާން ދޮގެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާޤު ހަނގުރާމައިގެ ދުވަސްވަރު ފެތުރިފަދަ ޕްރޮޕެގަންޑާތައް އަޅުގަނޑުމެންނާ ދުރަށް ޖައްސާށެވެ. ޚާއްސަކޮށް މީގެ ކޮންމެ ތަނެއްގައި އިސްރާޢީލުގެ އަތެއް ވާކަން އެނގޭއިރު، މިފަދަ ވާހަކަތައް ޤަބޫލުކުރާނެ އެއްވެސް ފަރާތެއް ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ޔަހޫދީ މީޑއާގެ މިފަދަ ރިޕޯޓުތަކަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުކޮށް، ސިޔާސީ ނުފޫޒު ފޯރުވުމަށް ފަތުރަމުންދާ ވާހަކަތަކެކެވެ.






