ޔަހޫދީ ޒަޔަނިސްޓުން ތާބިޢީން ސްކޫލުގެ ޤަތުލު އާންމު ހިންގާފައި ވަނީ އެމެރިކާިއން އިޒްރޭލަށް ހަތިޔާރު ގަތުމަށް 3 ބިލިއަން ޑޮލަރު ދިންތާ 24 ގަޑި އިރު ނުވަނީސް

އީރާނުން ފޮނުވާ ބެލެސްޓިކް މިސައިލެއްގެ އެންމެ އެއްޗެއް ދިފާޢު ކުރުމަށް އިޒްރޭލުން ބޭނުން ކުރާ ދިފާޢީ މިސައިލްގެ އަގަކީ، 3 މިލިއަން އެމެރިކާ ޑޮލަރު. އަދި އަޔަން ޑޯމް އިން އާދައިގެ މިސައިލްތަކުން ދިފާއު ވުމަށް ފޮނުވާލާ ދިފާއީ މިސައިލްގެ އަގަކީ 30 ހާސް އެމެރިކާ ޑޮލަރު.


އިޒްރޭލު އެކަހެރި ވެފައި:

ހަނިއްޔާ ޝަހީދު ކޮށްލުމަށްފަހު އިޒްރޭލު ވަނީ ކުރިއަށް ވުރެން ބޮޑަށް އެކަހެރިވެފަ. އިޒްރޭލަށް އީރާނުން އެޕްރިލް މަހު ދިން ޙަމަލަ ދިފާއު ކުރުމަށް ސައުދީއަރަބިއްޔާއާއި ޔޫއޭއީއާއި އުރުދުން ބައިވެރިވި. މިފަހަރު ބައިވެރިވާނެ ކަމާމެދު ޝައްކު. މިފަހަރު އިޒްރޭލު މަސްއޫލު ވރިންނާއި އެމެރިކާގެ ބިރަކީ މި ޤައުމުތަކުން އިޒްރޭލު ދިފާޢު ކުރުމުގައި ބައިވެރި ނުވެދާނެތީ. އިޒްރޭލު މަސްއޫލު ވެރިން ވަނީ މިސްރާއި އުރުދުންއާއި ސައުދީން ބަޔާންތަކާ މެދު ހިތް ހަމަ ނުޖެހިފަ. އެގައުމުތަކުން ބުނެފައި ވަނީ ހަނގުރާމައިގެ ކުޅިވަރަކަށް ވައިގެ ސަރަހައްދު ދޫކޮށްލަން ބޭނުން ނުވާކަމަށް. އިޒްރޭލަށް އިހުސާސް ކުރެވެނީ އެކަހެރި ވާނެ ކަމަށް: ވޮޝިންޓަން ޕޯސްޓް


ހަނިއްޔާ ޝަހީދު ކުރުމުގެ ބަދަލު ހިފުމަށް ރައްދު ދޭންޖެހޭ ގޮތް ވަނީ ފުރިހަމައަށް ވިލަރެސްކޮށް ތައްޔާރުކޮށްފަ: އީރާންގެ ރޫހާނީ ލީޑަރުގެ މުޝީރު ޢަލީ ޝަމްޚާނީ



3 މަސްވަންދެން ޙިސާރު ކުރުމެއްގައި އޮންނަން ޖެހިދާނެ ކަމަށް ބަލައިގެން އިޒްރޭލުން ވަނީ ބޭހާއި ފަރުވާއަށް ބޭނުންވާ ސާމާނުތައް ރައްކާ ކުރަން ފަށާފަ. އިޒްރޭލުގެ ޔެޑިއޮތް އެހްރެނޯތު ނޫސް


“އިޒްރޭލު މުޖުތަމައު ފަސާދަވެފައިޥާ މިންވަރާއި ނަތަންޔާހޫ އާއި އައުވާނުން އެމީހުންގެ އެޖެންޑާއަށް މުޖުތަމައު ހަލާކު ކުރި މިންވަރު ބަލަން ބޭނުން ނަމަ ޓީވީ ހުޅުވާލާ” އިޒްރޭލުގެ ހާރެޓްސް ނޫހުގައި ލިޔުންތެރިޔާ އީޓަން ނޭޝިން


ކަމެލާ ހެރިސްގެ ކުރިން ވެރިކަން ކުރި އެހެން ވެރިން ވެސް ފަލަސްތީނު މީހުން ނެތިކޮށްލުމަށް ހިތްވަރުދިން ގޮތަށް ކަމެލާ ހެރިސްވެސް އެމަގުން ހިނގާނެ: މިޑިލް އީސްޓް އައިގައި ލިޔުއްވަމުން އެމެރިކާގެ މުހައްލިލު ހަމީދު ދަބާޝީ


އީރާން: އަހަރަމެން އިޒްރޭލަށް ދޭ ޙަމަލައަކާ އިޒްރޭލާ ޙަމާސްއާ ދެމެދު ވާހަކަދައްކާ ހަނގުރާމަ ހުއްޓާލުމުގެ ވާހަކައަކާ ގުޅުމެއް ނުވާނެ.


ހަމާސްގެ ނާއިބް ރައީސް ޚަލީލުލް ޙައްޔާ: އެމެރިކާއިން ވަނީ ޤަތުލުއާންމުތައް ހިންގުމަށް އިޒްރޭލަށް ހުއްދަ ދީފަ


އަލްއަޒްހަރު: ފަތިސްނަމާދުގެ ޤަތުލުއާންމު ކުށްވެރިކުރަން.


އިރާޤްގެ ޝީޢީންގެ އެންމެ އިސް އިމާމު އާޔަތުﷲ ޢަލީ އައްސިސްތާނީ: މިއީ 10 މަސްވަންދެން ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރު ކުރެވޭ ޤަތުލުއާންމެއް.


ފަލަސްތީނަށް ކަނޑައަޅާފައިވާ ރެޕަޓުއާ، ފްރެންޗެސްކާ އަލްބަނީޒް: އިޒްރޭލުން ދަނީ އަވަށަކަށް ފަހު އަވަށެއްގައި ޤަތުލުއާންމު ހިންގަމުން.


ވިލާތު އިއްތިހާދުގެ ޚާރިޖީ ގުޅުމާ ބެހޭ މަސްއޫލުވެރިޔާ ޖޯސެފް ބޮރެލް: މި ޤަތުލުއާންމުތަކަށް ރުހޭނެ ގޮތެއް ނޯންނާނެ.


ޔޫކޭ: ފުރާނަތަކެއް ގެއްލުމުން ނުތަނަސްނަމު: ޚާރިޖީ ވަޒިރު ކަޅު ނަސްލުގެ ޑޭވިޑް ލެމީ


އޯއައިސީ: މިއީ 10 މަސް ތެރޭގައި އިޒްރޭލުން ހިންގާ ޖެނޮސައިޑްގެ ޤަތުލުއާންމުގެ ބައެއް.


ތުރުކީ: އިންސާނިއްޔަތާ ދެކޮޅަށް އިޒްރޭލުން ހިންގި ޖަރީމާއެއް


ޖޯޑަން އިންވެސް ޤަތުލުއާންމެއް ކަމަކަށް ނުބުނި. އިނގިރޭސި ދަރިކޮޅުގެ ޢަބްދުﷲ ރަސްގެފާނުގެ ސަރުކާރުން ބުނެފައި ވަނީ މިއީ އިންސާނީ ޤިޔަމްތަކާ ޚިލާފް ޢަމަލެއް ކަމަށް


މިސްރުން ނެރުނު ބަޔާނުގައި ޤަތުލުޢާންމެއް ކަމަކަށް ނުބުނި. މިސްރުން ބުނެފައި ވަނީ މިއީ ގަސްތުގައި ބަޔަލު މަރާލުމުގެ އަމަލެއް ކަމަށް. އަދި ބުނެފައި ވަނީ މިއީ އިޒްރޭލުން ހިންގާ “ފުޅާދާއިރާގެ މީހުން މެމުގެ އަމަލެއް” ކަމަށް


ޤަތަރު: އދން މި ކަން ތަހުގީގު ކުރަން ޖެހޭނެ. މިއީ ދިފާއެއް ނެތް ބަޔަކަށް ދިން ޤަތުލުއާންމެއް


އީރާން: މިއީ ސުލްހައިގެވާހަކަތަކަށް ހުރަސް އެޅުމަށް ޔަހޫދީ ޒަޔަނިސްޓުން ކުރި ކަމެއް.


ޒަޔަނިސްޓް ޔަހޫދީން ބުނީ ހަމަލަ ދިނީ ހަމާސްގެ ކޮމާންޑް ކޮންޓްރޯލް ސެންޓަރަކަށް ކަމަށް. ދުނިޔޭގެ ޤައުމުތަކުން ދަނީ ޔަހޫދީ ޒަޔަނިސްޓުން ކުށްވެރި ކުރަމުން


އެމެރިކާއަކީ މުޖުރިމެއް: ޔަހޫދީ ޒަޔަނިސްޓުން ތާބިޢީން ސްކޫލުގެ ޤަތުލު އާންމު ހިންގާފައި ވަނީ އެމެރިކާިއން އިޒްރޭލަށް ހަތިޔާރު ގަތުމަށް 3 ބިލިއަން ޑޮލަރު ދިންތާ 24 ގަޑި އިރު ނުވަނީސް


ޒަޔަނިސްޓުން ދޭރުލް ބަލަޙަށްވެސް ޙަމަލަ ދިން


ސްކޫލުގެ ހަަމަލަ ސައޫދީ ޢަރަބިއްޔާއިން ކުށްވެރި ކުރި


ޣައްޒާގެ ހަމަލަތައް ފެށި ފަހުން އިޒްރޭލުން ހިންގި އެންމެ ނުބައި ޤަތުލުޢާންމު: ސޭވް ދަ ޗިލްޑްރެން


ޤަތުލުއާންމު: އެމެރިކާގެ ރުހުމާއެކު ޔަހޫދީ ޒަޔަނިސްޓުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމުގައި ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ، އަލްދަރާޖް އަވަށުގެ އައްތާބިޢީން ސްކޫލުގައި ހިންގާފައިވާ ޤަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު 100 އަށް ވުރެން އިތުރު ވެއްޖެއެވެ.

ޔަހޫދީ ޒަޔަނިސްޓުން މި ޤަތުލުއާންމު ހިންގާފައި ވަނީ ފަތިސްނަމާދަށް ތިއްބައެވެ. މި ސުކޫލަކީ ގެދޮރު ގެއްލިފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ދީފައިވާ ސްކޫލެކެވެ. މިސައިލް ހަމަލަ ދީގެން ޤަތުލުއާނމު ހިންގާފައި ވުމުގެ ސަބަބުން، މީހުންގެ ގުނަވަންތައް ވަނީ އެކި ތަންތަނަށް ބުރައިގެން ގޮސްފައެވެ. އަދި ޝަހީދުވި އެންމެ ހޯދިފައި ނެތް ކަމަށް އެހީދޭ ފަރާތްތަކުން ބުނެއެވެ.

ޣައްޒާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޙަމަލަ ދީފައި ވަނީ 3 މިސައިލް ބޭނުން ކޮށްގެންނެވެ. އަދި ކޮންމެ މިސައިލެއްގައި ދެ ހާސް ރާތަލުގެ ގޮވާތަކެތި ހުންނާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ޣައްޒާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މިސްކޫލުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ދީފައިވާ ކަން އިޒްރޭލަށް އެނގެއެވެ.

ޔަހޫދީ ޒަޔަނިސްޓުން ދިން ޙަމަލާގެ ސަބަބުން ފަތިސް ނަމާދަށް ތިބި މީހުންގެ ގާތްގަނޑަކަށް 90 ޕަސެންޓު މީހުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސުން ބުނީ އެ ސްކޫލަކީ ދެ ފަންގިފިލާއަށް ހުންނަ ސްކޫލެއް ކަމަށާއި ފުރަތަމަ ފަންގިފިލާގައި ތިބެނީ އަންހެނުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް