ބްރަޒިލްގައި އެކްސްގެ އޮޕަރޭޝަން ހުއްޓާލައިފި

އިއްޔެއިން ފެށިގެން އެކްސްއިން ބްރަޒިލްގައި އޮޕަރޭޝަން ހުއްޓާލައިފިއެވެ. އިލޮން މަސްކުގެ އެކްސް އިން ބްރަޒިލްގައި އެޤައުމުގެ ޤާނޫނާއި ޚިލާފަށް އޮޕަރޭޓު ކުރަމުންދާ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުން ވަނީ މައްސަލައެއް ބަލަން ފަށާފައެވެ. އެކްސްއިން ބުނެފައި ވަނީ އެ ޤައުމުގައި އެކްސްގެ މުވައްޒަފުން ހައްޔަރު ކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށެވެ. މި ފިޔަވަޅާއެކު އެކްސްއަށް ބޮޑު މާކެޓެއް ދެކުނު އެމެރިކާގައި ގެއްލިގެން ދިޔައީއެވެ.

ހިއްސާ ކުރައްވާ!