ވެނެޒުއެލާގެ ރިއާސީ އިންތިޚާބާ މެދު ސުޕްރީމް ކޯޓުން ޙުކުމް އިއްވައިފި

ވެނެޒުއެލާގައި، ޖުލައި މަހު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ނިކޮލަސް މަޑޫރޯ ކާމިޔާބު ކުރެއްވިކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ތަޞްދީޤުކޮށް ޙުކުމެއް ދީފިއެވެ. އެ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާއި ބޭރު ބައެއް ޤައުމުތަކުން ވަނީ ނަތީޖާ ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ރައީސް ކެރިސިލިއާ ރޮޑްރިގޭޒް އިއްވެވި ޙުކުމުގައި ބުނެފައިވަނީ “2024ގެ ޖުލައި 28 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަޞްދީޤު ކުރަނީ، ޤައުމީ އިންތިޚާބީ ކައުންސިލުން ނެރުނު ގޮތަށެވެ. އެ އިންތިޚާބުގައި 2025ން 2031ގެ ރިއާސީ ދައުރު ކާމިޔާބު ކުރެއްވީ، ނިކޮލަސް މަޑޫރޯ މޮރޯސް އެވެ.”

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މި ޙުކުމް ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެމީހުން ދެކެނީ، ކާމިޔާބުގެ ހަޤީޤީ ޙައްޤުވެރިއަކީ، އެމެރިކާއިން ނެރެފައިވާ ކެންޑިޑޭޓް އެޑްމަންޑޯ ގޮންޒާލެޒް އުރޫޓިއާ ކަމަށެވެ.

މިއިންތިޚާބުގެ ނަތީޖާ ކަށާވަރުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ، އޮގަސްޓް މަހުގެ ކުރީކޮޅު މަޑޫރޯ އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް