ދެން ކާނާގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކޮށްދޭނީ އެމްއެފްޑިއޭއީން

މީގެ ކުރިން ކެފޭއާއި ރެސްޓޯރެންޓްތައް ރަޖިސްޓްރީ ކޮށްދެމުން ދިޔައީ، އެޗްޕީއޭއިންނެވެ. ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިހާރު ކާބޯތަކެތީގެ ޚިދުމަތް ދޭތަންތަން ރަޖިސްޓްރީ ކުރުން ވަނީ، މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީގެ ދަށަށް ބަދަލުކޮށްފައެވެ.

ޚިދުމަތްތަކާއި ވިޔަފާރިތައް ރަޖިސްޓްރީ ކޮށްދޭ ސަރުކާރުގެ ވަންގަވް ވިއުގައިގެ ތެރޭން ގެންނަމުންދާ ބަދަލުތައް ގެންނާތީ މި ހަފްތާގެ ނިޔަލަށް އައު ތަންތަން ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ މަޑުޖައްސާލާފައި ވެއެވެ.

އަލަށް ފާސްކޮށްފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ބިލު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭ މަހުގެ 23ގައި ތަޞްދީޤު ކުރެއްވުމަށް ފަހު އެޤާނޫނަށް ޢަމަލު ކުރަން ވަނީ ފަށާފައެވެ. އަދި އެއާއެކު ރައީސް ވަނީ ކުރިން އޮތް އެފްޑީއޭ އުވާލައްވައި، އައު މަސްއޫލިއްޔަތުތަކާއެކު، އެމްއެފްޑީއޭ އުފައްދަވާފައެވެ.

ހިއްސާ ކުރައްވާ!