ޔުކްރެއިން އަމިއްލަ ބޯޓެއް މިސައިލަކުން ވައްޓާލައިފި

ޔުކްރެއިންގެ ސިފައިންނަށް އެމެރިކާގެ އެފް16ގެ މަތިންދާ ބޯޓު ލިބުނުތާ 4 ވަނަ ދުވަހު ބޮން އެޅުމުގެ ތެރޭގައި އެފް16ގެ ބޯޓެއް ވެއްޓުމާއި ޕައިލެޓު މަރުވުމާ ގުޅިގެން ޔުކްރެއިންގެ ރައީސް އެއާފޯސް ބޮޑު މީހާ މަގާމުން ދުރުކޮށްފިއެވެ.

ޔުކްރެއިންގެ ޕާލަމެންޓްގެ މެމްބަރަކު ބުނެފައި ވަނީ މި އެފް16ގެ ބޯޓު ވައްޓާލީ، ޔުކްރެއިން އަމިއްލައަށް ކަމަށެވެ. އަދި ޔުކްރެއިން އިން ބޭނުންކޮށްފައި ވަނީ އެމެރިކާއިން ދީފައިވާ ޕެޓްރިއޮޓް މިސައިލެއް ކަމަށެވެ.

ހިއްސާ ކުރައްވާ!