އިންޑިއާ ޗައިނާގެ ސަރަހައްދީ ހަމަޖެހުމުން ދުނިޔޭގެ ސުލްޙައަށްވެސް ފައިދާ ކުރާނެ: މޮދީ

ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު އޮތް މަޝްވަރާގައި އިންޑިއާ ބޮޑުވަޒީރު ނަރެންދްރަ މޮދީ ވަނީ އިންޑިއާ ޗައިނާގެ ސަރަހައްދީ ހަމަޖެހުމުން ދުނިޔޭގެ ސުލްޙައަށްވެސް ފައިދާ ކުރާނެ ކަމުގައި ވިދާޅުވެފައެވެ.

މޮދީ ވިދާޅުވީ ބޯޑަރުގައި ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަކީ ދެގައުމުން އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށާއި ދެގައުމުގެ ގުޅުމުގެ އަސާސެއްގެ ގޮތުގައި ދެގައުމުގެ އިތުބާރު ދެމިއޮންނަން ޖެހޭނެ ކަމަށެވެ. މޮދީ ވިދާޅުވީ އިންޑިއާ އާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި ދެގައުމުގެ ރައްޔިތުންނެއް ނޫން ކަމަށާއި އެއީ، ދުނިޔޭގެ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް ވެސް މުހިންމު ގުޅުމެއް ކަމަށެވެ.

“އަޅުގަނޑުމެން ރަސްމީ ބައްދަލު ވުމެއް މި ބާއްވަނީ ފަސް އަހަރަށް ފަހު.  އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިންޑިއާ އާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ރައްޔިތުންނެއް ނޫން ނަމަވެސް ދުނިޔޭގެ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް ވެސް ވަރަށް މުހިންމު ގުޅުމެއް މި ގުޅުން ދެމެހެއްޓުމަކީ.” ޝީއާ އެކު އޮތް ރަސްމީ މަޝްވަރާތަކުގައި މޮދީ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާފައި ވަނީ ވަނީ ބްރިކްސް ސަމިޓްގެ ހަވާސާގައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް