ދުނިޔޭގެ އެންމެ އަގުހުރި ކުންފުނީގެ ގޮތުގައި އެޕަލް ކުރި ހޯދާފައި ވަނިކޮށް، އެންވީޑިއާ އިން އެޕަލް ތަޚުތުން ވައްޓާލައިފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް ގެ ޗިޕްތައް އުފައްދާ ކުންފުނި އެންވީޑިއާއަށް އޮތް ޑިމާންޑެއްގެ ސަބަބުން އެކުންފުނީގެ ޙިއްސާތަކުގެ އަގު ހިއްސާގެ ބާޒާރުގައި ވަނީ އިތުރު ވެގެން ގޮސްފައެވެ.
އެންވީޑިއާގެ އަގު އުލެނީ 3.53 ޓްރިލިއަން ޑޮލަރުގައެވެ.
އެޕަލް ކުންފުނީގެ އަގު އުޅެނީ 3.52 ޓްރިލިއަން ޑޮލަރުގައެވެ.