ޚައިބަރު ޕަޚްތުންޚްވާގެ ބަޖާއުރު ޑިސްޓްރިކްޓްގައި ކުޑަ ކުއްޖަކު ރޭޕްކޮށް އޭނާ މަރާލިތާ 12 ގަޑިއިރު ފަހުން މުޖުރިމު ހައްޔަރުކޮށްފިއެވެ.
ރޭޕްކޮށް މަރާލާފައިވަނީ، ހަތަރު އަހަރުގެ އަންހެން ކުއްޖަކެވެ. އެ ޖަރީމާ ހިންގީ އުމުރުން 19 އަހަރުގެ ސޮރެކެވެ.
ރޭޕްކޮށް މަރާލި މައްސަލައިގައި 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ކުއްޖާ މަރާލުމަށްފަހު ވައްޓާލާފައ ވަނީ ނަރުދަމާ ތެރެއަށެވެ. މި ސޮރު ކުއްޖާ ރޭޕްކޮށްލީ އޭނާއަށް ކާށި މެޓާދީގެން ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާގެ އިތުރުން، ޝަންގްލާގައި 11 އަހަރުގެ ފިރިހެން ކުއްޖަކު ރޭޕްކޮށް އެމަންޒަރު ވީޑިއޯ ކުރި ބަޔަކުވެސް ފުލުހުން ވަނީ މިއަދު ހޯދައިގެންފައެވެ.
މިމީހުން ވަނީ ކުއްޖާ ރޭޕްކުރުމަށްފަހު އެމަންޒަރު ވީޑިއޯކޮށް ވަޓްސަޕަށް ލައިފައެވެ. މިކަން ކޮށްފައިވަނީ ދެ މުޖުރިމަކު ބައިވެރިވެގެންނެވެ.
އަލްޕޫރީ ނަރެދަރީ ސަހަރުގައި ހިންގި ޖަރީމާގައި ބޭނުންކުރި ފޯނު ފުލުހުން ވަނީ އަތުލައިގެންފައެވެ. ފުލުހުންގެ ސަމާލުކަމަށް މައްސަލައަކީ ވަޓްސަޕްގައި ޖަރީމާގެ ވީޑިއޯ އެނބުރެން ފެށުމުންނެވެ.




