ދެ ކުދިން ބަލަމުންދާ ފަގީރު މަންމައެކެވެ. ފިހާރައަކުން ވަގަށް ނެގީ ބޭބީ ފޯމިއުލާގެ އެންމެ ކިރު ދަޅެކެވެ. ފުލުހުން ވަނީ އެމެރިކާގެ މިލްވޯކީގެ އުމުރުން 25 އަހަރުގެ އަންހެންމީހާގެ ކާރުގެ ފަހަތުން ދުއްވައި އޭނާ ހައްޔަރުކޮށްފައެވެ.
އެމީހާއަށް ފުލުހުން އިއްވާފައިވާ ތުހުމަތުތަކުން އޭނާއަށް 15 އަހަރުގެ ޖަލު ހުކުމެއް ލިބެއެވެ. އަދި އޭނާ ހައްޔަރު ކުރުމުން ކަފާލާތުގެ ދަށުން ދޫކުރުމަށް 10 ހާސް ޑޮލަރުވެސް ދައްކަން ޖެހެއެވެ.
އެއް މޭލު ދިގު މަގުގައި ފުލުހުން އަތު ނުޖެހެން ވެގެން އަންހެންމީހާ ފުލުހުންނާއެކު ރޭސްޖެހުމުން އޭނާ އަތުލައި ގަތީ 3 މިނެޓްގެ ދުއްވުމަކަށް ފަހުއެވެ.
ޑެނިއެލް ބަޓްލަރ އަކީ 6 އަހަރުން ދަށުގެ ދެ ކުދިން ބަލަމުންދާ އެކަނިވެރި މައެކެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ:
ކުޑަކުދިންނަށް އިހުމާލު ވުން، އެއީ ކުޑަކުދިންނަށް ޚާއްސަ ސީޓެއް ނެތި އެކުދިން ކާރުގައި އުފުލުމުގެ ދެ ދައުވާ.
ފުލުހުން އަތު ނުޖެހެން ވެގެން ބާރަށް ކާރު ދުއްވުން.
ފިހާރައިން ވައްކަން ކުރުން. އަދި ފިހާރައިގެ ވެރިމީހާއާ ދިމާއަށް މުދާ އުކުމުގެ ކުށްތަކެވެ.




