އެމެރިކާ ސިފައިން އިރާގުން 1 ބިލިއަން ޑޮލަރުގެ ފައިސާއާއި އެތައް ޓަނެއްގެ ރަން ވަގަށް ނެގި

އެމެރިކާއިން ދޮގު ވާހަކަ ދައްކައިގެން އިރާގަށް 2003 ވަނަ އަހަރު ދިން ހަމަލާއަށް ފަހު އެމެރިކާ ސިފައިން އިރާގުން އެތައް ޓަނުގެ ރަނާއި އެތައް ބިލިއަން ޑޮލަރު ވަގަށް ނަގައިގެން ގެންދިޔައެވެ. ބައެއް ރަސްމީ މައުލޫމާތުގައި މި ފައިސާ އަނބުރައި ދިން ކަމަށް ބުނި ނަމަވެސް އަދިވެސް ބޮޑު ބައި އެމެރިކާއިން ދީފައެއް ނުވެއެވެ. އަދި ވީ ނުވީ ތަނެއްވެސް ނޭނގެއެވެ.

ބަޣްދާދުގައި ސައްދާމު ޙުސައިންގެ ސަރުކާރު ވެއްޓުމާ ގުޅިގެން އެމެރިކާ ސިފައިން އިރާގްގެ ފައިސާއާއި ރަނުގެ ރިޒާވް ފޮރުވާފައި ހުރި ތަންތަން ހޯދައި ގަތެވެ.

އޭޕްރީލް 2003 ގައި ބަޣްދާދުގެ އެކި ތަންތަނުގައި ފޮރުވިފައި ހުރި 600 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެމެރިކާ ސިފައިން ހޯދައި ގަތެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ސީރިއާގެ ބޯޑަރު ކައިރީގައި 999 ރަން ބުރި އަތުލައި ގަތެވެ.  އޭގެ ފަހުން އައި މަސްތަކުގައި މުޅި އިރާގުގެ އެކި ހިސާބުތަކުން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ގެ ފައިސާއާއި ރަނާއި އެމެރިކާ ޑޮލަރުގެ އިތުރު މުދާ އަތުލައިގަތް ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އެއިރު އެ ތަކެތި ވަގަށް ނެގިއިރު އެމެރިކާއިން އޭގެ ހިސާބެއް ދީފައެއް ނުވެއެވެ. ނަމަވެސް މީޑިއާއިން ސުއާލު ކުރުމުން ބުނެފައި ވަނީ އެއީ  އިރާގު އަލުން ބިނާކުރުމަށް ބޭނުން ކުރާނެ ޚާއްޞަ މުދަލެއް ކަމަށެވެ. ނަމަވެސް އޭގެ ފަހުން އިރާގުގެ ލީޑަރުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ އެ ފައިސާތަކާއި ރަނަށް ވީ ގޮތް އެމެރިކާއާ ސުއާލުކޮށްފައެވެ. އަދި އެކަމަށް އެމެރިކާއިން ސާފު ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެމެރިކާއިން އެތައް ވައްތަރަކަށް އިރާގުން ވައްކަން ކޮށްފައި ވެއެވެ. ގާތް ގަނޑަކަށް 17 ބިލިއަން ޑޮލަރުގެ ފައިސާ އިރާގުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ނަމަވެސް އެމެރިކާ ސިފައިންގެ ތެރޭގައި އިރާގަށް ހަމަލަ ދިނުމުގައި އިސްކޮށްތިބި ބަޔަކު މުއްސަނދިވެފައިވާ ކަމަކީ ހަގީގަތެކެވެ.

އެމެރިކާގެ އޮފިޝަލުން އިރާގުން ވަގަށް ނެގި ރަނާއި ޑޮލަރު އަނބުރައި ދިން ކަމަށް ބުނި ނަމަވެސް އިރާގުން އެކަން ގަބޫލެއް ނުކުރެއެވެ.

2011 ވަނަ އަހަރު އިރާގުގެ ޕާލަމެންޓުން ވަނީ އެމެރިކާއިން ވަގަށް ނަގާފައިވާ އިރާގުގެ ރަނާއި ފައިސާއާއި ތެލުގެ އާމްދަނީން ގާތްގަނޑަކަށް 17 ބިލިއަން ޑޮލަރު ހޯދުމަށް އދ.ގެ އެހީއަށް އެދިފައެވެ.

ތަހުގީގު ކުރާ ނޫސްވެރިންނާއި ކުރީގެ ސަރުކާރުގެ އޮފިޝަލުން ވަނީ އެމެރިކާއިން އިރާގު ހިންގުމަށް އިންދި ކޯލިޝަން ޕްރޮވިޝަނަލް އޮތޯރިޓީ (ސީޕީއޭ) ގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަނާއި ވައްކަން އަށަގެންފައި އޮތް ކަމަށް ރިޕޯޓުކޮށްފައެވެ.

މިހާތަނަށް އެމެރިކާ ސިފައިންގެ އެންމެ މަތީ ފެންވަރުގެ ފަސް ޖެނަރަލުން އިރާގުން ވައްކަން ކުރިކަން ސާބިތުވެގެން ޝަރިއަތް ކޮށްފައި ޖަލަށް ލާފައި ވެއެވެ. އަދި އެނޫން އެހެން އެތައް ބަޔެއްގެ މައްސަލަ ޝަރީއަތަށް އައިސްފައި ނުވެއެވެ.

ބުޝްގެ ސަރުކާރުން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި އެމެރިކާގެ ސިފައިންގެ މުވައްޒަފުން އިރާގާއި އަފްޣާނިސްތާނުގައި ވެސް ފުޅާދާއިރާއެއްގައި އެމެރިކާ ސިފައިން ވަނީ ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވެ އެވެ. 50 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އޮޅުވާލުމުގެ މުއާމަލާތްތަކެއް ހިންގި ކަމަށް އެމެރިކާ ސިފައިންގެ އެތައް ބަޔަކަށް ކުށް ސާބިތުވެފައި ވެއެވެ.

ސްޕެޝަލް އިންސްޕެކްޓަރ ޖެނެރަލް ފޯ އިރާގު ރިކޮންސްޓްރަކްޝަން (އެސްއައިޖީއާރު) އިން 2011 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ތަފްސީލުކޮށްފައި ވަނީ ފާރަވެރިކަން ނެތުމުން ދިހަ މިލިއަން ޑޮލަރުގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. ބައެއް ފަރުދުންގެ މައްޗަށް ދައުވާ ކުރިއިރު، ބޮޑު ސުވާލަކީ ބާކީ ހުރި ފައިސާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟

މާލީ ގޮތުން ގޯސް އަމަލުތަކެއް ހިންގާފައިވާ ކަމުގެ ހެކިތައް އިތުރުވަމުން ދިޔަ ނަމަވެސް، އިރާގުގެ އެސެޓްތައް ގެއްލިގެން ދިޔަ މައްސަލައިގައި އެމެރިކާގެ މަތީ މަގާމުތަކުގެ އެއްވެސް އޮފިޝަލަކު ޖަވާބުދާރީ ކޮށްފައެއް ނުވެއެވެ. މި ވެރިންނަކީ އިރާގުން ވައްކަން ކުރުމުގައި ބައިވެރިވި މީހުންނެވެ.

މީގެ އިތުރުން އެމެރިކާއިން އިރާގުގައި މެރި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި އާންމުންނަށް އަދިވެސް ފުރިހަމަ ބަދަލުތަކެއް ދީފައެއް ނުވެއެވެ. އިރާގްގެ އިންފްރާސްޓްރަކްޗަރ އަށް އެމެރިކާއިން ދިން ގެއްލުމަށް އަދިވެސް ބަދަލު ދީފައެއް ނުވެއެވެ.

އިރާގު އަލުން ބިނާކުރަމުންދާއިރު، އެގައުމުގެ ރައްޔިތުން ސުއާލުކުރަނީ އެމެރިކާގެ އިސްތިއުމާރުގެ ދަށުން ފޭރިގަނެފައިވާ މުއްސަނދިކަމަށް ދުވަހަކުވެސް އިރާގަށް ލިބި އިންސާފު ލިބޭނެ ހެއްޔެވެ؟ ކުށް ސާބިތުވެފައި ވަނީ ބައެއް ފަރުދުންގެ މައްޗަށެވެ. ބޮޑެތި މުއައްސަސާތަކުގެ ނާކާމިޔާބީތަކަށް އަދިވެސް އަޅާނުލެވިފައިވެ އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް