ޤަތުލުއާންމު ހިންގާކަމަށް ބުނެ ދުނިޔޭގެ ކޯޓުން ކުށްވެރިކޮށްފައިވާ ބަޔަކާ އެކު މުޙައްމަދުގެފާނުގެ އުންމަތުގެ ސިފައިން އަސްކަރީ ތަމްރީނުތައް ބޭއްވުން ކޮން ކަހަލަ ކަމެއް ތޯއެވެ؟ ގްރީސްގައި ބާއްވާފައިވާ މި ތަމްރީނުތަކުގައި ބައިވެރިވެފައި ވަނީ އާދައިގެ އަރަބި ގައުމުތަކަކުންނެއް ނޫނެވެ. ހީވެސް ނުކުރާ ބައެކެވެ.
މި ތަމްރީނުތައް ބާއްވާފައި ވަނީ މި ހަފްތާގައި ގްރީސްގެ އިނިއޮޗޯސްގައެވެ. މިއީ އިނިއޮޗޯން2025ގެ އަސްކަރީ ތަމްރީނެވެ.
މީގައި ވައިގެ ހަނގުރާމައާއި އޮޕަރޭޝަންގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތްގޮތަށް ތަމްރީނުތައް ހިންގާފައި ވެއެވެ.
ބައިވެރިވީ ޖުމްލަ 11 ގައުމަކުން ނެވެ. އިޒްރޭލުން ބައިވެރިވީ ޖާސޫސީ މަތިންދާބޯޓާއި، ހަރކިއުލަސް ޓްރާންސްޕޯޓް ބޯޓަކާއި، ގްރައުންޑް ކްރޫއިންގެ ތެރެއިން ދިހަވަރަކަށް ފަޅުވެރިންނާއެކުގައެވެ.
މުހައްމަދުގެފާނުގެ އުންމަތުގެ މީހުންގެ ތެރޭން، ނާޒީ ޒަޔަނިސްޓުންނާއެކު ބައިވެރިވީ އަލްޖަޒީރާ ހިންގައި ޙަމާސް އިޒްރޭލުގެ ސުލްހައަށް މެދުވެރިއަކަށް ވެގެން އުޅޭ ޤަތަރާއި ނަތަންޔާހޫގެ ނަމުން ހިންގާ ބީބީ ރެސްޓޯރެންޓު ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ނެވެ. އަދި ބަހުރައިން ވެސް އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވިއެވެ. ދެން ބައިވެރިވި އެހެން ގައުމުތަކަކީ، އިންޑިއާ ފްރާންސް، އިޓަލީ، ޕޮލެންޑް، މޮންޓެނީގްރޯ، ސްލޮވޭނިއާ، އަދި ސްޕެއިން އެވެ.

