ޖަޕާނު ހޮޓަލަކުން ޔަހޫދީންނަށް މަރުހަބާ ކިޔަނީ ތަފާތުކޮށް

ޖަޕާނު ހޮޓަލަކަށް ފޭބި ނާޒީ ޒަޔަނިސްޓުންގެ ގައުމުގެ ފަތުރުވެރިއަކަށް އާދަޔާ ޚިލާފް ފޯމެއް ފުރަން ޖެއްސުމުން ޓޯކިޔޯގައި ހުންނަ އިޒްރޭލު އެމްބަސީން ހޯއްބޯއް ލަވައިފިއެވެ. ކިޔޯޓޯ ސިޓީގެ ވައިލްޑް ވިލާ ގެސްޓްހައުސްއަށް ފޭބި އިޒްރޭލު މީހާއަކީ ކަނޑުގެ ސިފައިންގެ މީހެކެވެ. ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ޖަޕާނަށް ޗުއްޓީއަށް ދިއުމުން، ހޮޓަލުގެ އާންމު އުސޫލުން އިޒްރޭލު މީހުން ފުރަން ޚާއްސަ ފޯރު ފުރުމަށް އޭނާއަށް އެންގިއެވެ.

އެ ފޯމަކީ، ހަނގުރަމައިގެ ޖަރީމާގައި ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް ފަތުރުވެރިޔާ ފުރާ ފޯމެކެވެ.

ޒަޔަނިސްޓު ފަތުރުވެރިޔާ މި ފޯމުގެ ވާހަކަ އިޒްރޭލު އެމްބަސީގެ ސަމާލުކަމަށް ގެނައުމުން އިޒްރޭލު ސަފީރު ވަނީ އެކަން ކިޔޯޓޯ ސިޓީގެ މަސްއޫލުވެރިންނަށް އަންގާފައެވެ.

ސިޓީގެ މަސްއޫލުވެރިން ހޮޓަލަށް ގޮސް ކަންހިނގާފައިވާ ގޮތް އޮޅުން ފިލުވައި "އެ އަމަލަކީ ތަފާތު ކުރުމެއް ނޫން ތޯ" ހޮޓަލުން އެއްސެވެ.

ހޮޓަލުގެ މެނޭޖުމަންޓުން ބުނީ: އިޒްރޭލަކީ އުމުރުން 18 އިން ފެށިގެން ސިފައިންގެ ތެރެއަށް ވަނުމަށް މަޖުބޫރު ކުރާ ގައުމެއް ކަމަށާއި؛ ހަނގުރާމައިގައި އުޅޭ ގައުމެއް ކަމަށާއި؛ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ގައުމެއް ކަމުން އެ ހޮޓަލުން އިޒްރޭލު ރައްޔިތަކަށް ފޯމެއް ފުރަން ޖެއްސުމަކީ ވަރަށް ޖާއިޒު ކަމެއް ކަމަށެވެ.

ސިޓީ މަސްއޫލުވެރިންވެސް ވަނީ އެކަމުގައި ގޯހެއް ނެތް ކަމަށް ބުނެފައެވެ.

ހޮޓަލުން ވަނީ، މި ހާދިސާ ހިގި ގޮތް މީޑިއާއަށް ކިޔައިދީފައެވެ. އަދި ފޯމުގެ ކޮޕީއަކާއި މިކަން ހިނގި ގޮތާއި މަސްއޫލުވެރިންނާ ދެމެދު ދެކެވުނު ވާހަކަވެސް މީޑިއާއަށް ހާމަކޮށްފައެވެ.

އަދި އިޒްރޭލު ފަދަ ކޮންމެ ގައުމަކާމެދުވެސް ވައިލްޑް ވިލާ ގެސްޓްހައުސްއިން އަމަލުކުރާނީ އެގޮތަށް ކަމަށް ބުނެ ޔަގީންކަންވެސް ދީފައި ވެއެވެ.

ހިއްސާ ކުރައްވާ!