އުރީދޫ މޯލްޑިވްސް ރެކޯޑް ފޮތަށް އަރައިފި

ދުނިޔެއަށް ރާއްޖެ ދެއްކުމަށް އުރީދޫ މޯލްޑިވްސްއިން މުހިންމު މަސައްކަތެއް ކޮށްފިއެވެ. އުރީސޫ މޯލްޑިވްސްއިން ވަނީ ފެނުއަޑީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

ބ. އަތޮޅު ފުޅަދޫގައި ބާއްވާފައިވާ މި އިވެންޓު ދުނިޔޭގެ ރެކޯޑަކަށް ވުމާއެކު އެކަމުގެ ލިޔުންވެސް ވަނީ އުރީދޫ މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނިގޮތުގައި މި މަސައްކަތުގެ ބޭނުމަކީ ހަމައެކަނި ރެކޯޑެއް ހެދުމެއް ނޫން ކަމަށާއި މިއީ ޓެކްނޮލޮޖީ އާއި މަސައްކަތުގެ ޝައުގުވެރިކަން އެއްކޮށްލުމުން ހޯދޭނެ ކާމިޔާބީ ދައްކުވައިދިނުމުގެ މަސައްކަތެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް