ޣައްޒާ ކުދިން ބަނޑަށް ޖައްސައިފި

ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ދަތިކަން އިތުރަށް ގޯސްވެ، މަސްތަކެއް ވަންދެން އެހީ ހުއްޓުވުމުގެ ސަބަބުން ފަލަސްތީނުގެ 1.8 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެއްޖެ އެވެ.

މިސްމީޑިއާގައި ކާޑު ބަލި ޖެހިފައިވާ ކުދިންގެ ފޮޓޯތައް ދެއްކުމުން މި ދަތިކަން ސަމާލުކަމަށް އައިސްފައި ވެއެވ. އަދި މިކަމުން ، ދުނިޔޭގައި ރުޅިވެރިކަން އުފެދިފައިވެއެވެ.

އދ އިން ރިޕޯޓްކުރާ ގޮތުގައި 2025 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އެއްވެސް އެހީއެއް ޣައްޒާއަށް ވަދެފައި ނުވާތީ ކާބޯތަކެތީގެ ސްޓޮކް ހުސްވެފައިވެ އެވެ. ބޯޑަރުތަކުގައި 116،000 އަށް ވުރެ ގިނަ މެޓްރިކް ޓަނަށް ކާބޯތަކެތި ތާށިވެފައިވާއިރު، އަގުތައް %1،400 މައްޗަށް އަރާފައި ވެ އެވެ.

ބަނޑުހައިހޫނުކަން ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި އިސްރާއީލުން ބޭނުންކުރާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ތުހުމަތުކޮށްފައިވާއިރު، ޣައްޒާގެ އުތުރުގެ ކޮންމެ 10 ގޭބިސީއަކުން 9 ގޭބިސީއެއް ކާނާ ނުލިބި ދުވަސްތަކެއް ހޭދަކުރެ އެވެ. ސޯޝަލް މީޑިއާގެ ރިއެކްޝަންތަކުން ފިޔަވަޅު އަޅަން ޑިމާންޑް ކުރާއިރު، ޔޫޒަރުން ވަނީ މި ކްރައިސިސްއަކީ ނަސްލު ނައްތާލުމަމެއް ކަމަށް ގޮވާލައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.

ވޯލްޑް ފުޑް ޕްރޮގްރާމާއި އުންރުވާ އިން އިންޒާރު ދެނީ ފިނި މޫސުމް ކައިރިވަމުން އަންނައިރު ޚާއްސަކޮށް ކުޑަކުދިންގެ ތެރޭގައި ކާރިސާގެ ސަބަބުން ކާނާ ލިބުން ދަތިވާނެ ކަމަށެވެ. އެފްއޭއޯ އިން ކާބޯތަކެތި އުފެއްދުމަށް ބާރުއަޅާ ނަމަވެސް ލޫޓުވުންތަކުގެ ސަބަބުން އެ މަސައްކަތްތަކަށް ހުރަސް އެޅެ އެވެ. އިންސާނީ މުސީބާތުގެ ފުން ކާރިސާއަކުން ސަލާމަތްވުމަށް އަވަސް ތަދައްޚުލުވުމަކަށް އދ.ން ގޮވާލައެވެ.

ހިއްސާ ކުރައްވާ!