އީރާން އެމްބަސީގައި ރޯކޮށްލި މައްސަލައިގެ ޝަކުވާ އުފުއްލަވައިފި

އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާކްޗީ ވަނީ ސްޓޮކްހޯމްގައި ހުންނަ އީރާނުގެ އެމްބަސީއަށް އަލިފާން ރޯކޮށްލި ހަމަލާ ކުށްވެރިކުރައްވައި، ކުރިއަށް އޮތްތަނުގައި ހިނގާނެ އެފަދަ ހާދިސާތައް ހުއްޓުވުމަށް ސްވިޑެން ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ. ސްވިޑެންގެ ފޮރިން މިނިސްޓަރު މާރިއާ މަލްމަރ ސްޓެނަރގާޑްއާ އެކު ކުރެއްވި ފޯނު ކޯލެއްގައި އަރާކްޗީ ވަނީ ދެ ގައުމުގެ މައްސަލަތަކާއި ކޮންސިއުލަރ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ސްޓެނަރގާޑް ވަނީ ޑިޕްލޮމެޓިކް ސައިޓްތައް ހިމާޔަތްކޮށް، އީރާނުގެ އެމްބަސީ ރައްކާތެރި ކުރުމަށް ސްވިޑެން އިން ވައުދުވާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އޭޕްރީލް 30 ވަނަ ދުވަހު އީރާނުގެ ސްޓޮކްހޯމް އެމްބަސީގައި އަލިފާން ރޯކޮށްލި މީހަކު ވަނީ އެތެރެއަށް ވަންނަ ދޮރުގައި 40 ލީޓަރުގެ ތެޔޮ ބޭނުންކޮށްގެން ރޯކޮށްލައި އެތެރެއަށް ގެއްލުން ދީފަ އެވެ. އެމްބަސީގެ މުވައްޒަފުން އަލިފާންގަނޑު ކޮންޓްރޯލްކޮށްލިއެވެ. މީހަކަށް ގެއްލުންތައް ނުލިބުނު ނަމަވެސް ބޮޑެތި ސްޓްރެސްތަކާއި ގެއްލުންތަކާއި މުވައްޒަފުން ކުރިމަތިލާން ޖެހުނެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ގައުމުގައި އީރާންގެ ޑިޕްލޮމެޓަކަށް ހަމަލާދީފައިވާއިރު، މި ދެ ހާދިސާ ވެސް ހިންގި ބަޔަކު އެކަން ރެކޯޑްކޮށް އޮންލައިންކޮށް ހިއްސާކޮށްފައިވާއިރު، އެއީ ބިރުދެއްކުމުގެ ނިޔަތްއޮތް ޖަރީމާއެއްކަން ސާފުކޮށއެނގެއެވެ.

ހިއްސާ ކުރައްވާ!