ގެމްބިއާގެ ސްޕްރިންޓަރ ޖީނާ މަރިޔަމް ބާސް އިސްލާމް ވުމަށްފަހު މިއަހަރު ހައްޖު ކޮށްފި

ގެމްބިއާގެ ތާރީހުގައި އެންމެ މަޝްހޫރު އެތުލީޓުގެ ގޮތުގައި ފާހަގަކުރެވޭ ދުނިޔޭގެ މަޝްހޫރު ތަރި ސްޕްރިންޓަރު ޖީނާ މަރިޔަމް ބާސް ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.

ގަމްބިއާގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް 10.93 ސިކުންތުން ދުވެ، 11 ސިކުންތުގެ ކުރީގެ ރެކޯޑް މުގުރާލި ފުރަތަމަ ސްޕްރިންޓަރު ކަމަށްވާ ބާސް ވަނީ ކޯޗު މުސްތަފާ ބިއްޓޭއާ ކައިވެނި ކުރުމުގެ ކުރިން އިސްލާމް ދީން ގަބޫލުކޮށްފަ އެވެ. މީގެ ކުރިން މި ދެމަފިރިން އެކުގައި 2025 ވަނަ އަހަރުގެ މާޗް މަހު އުމުރާ ދަތުރެއް ކުރިއެވެ.

ގެމްބިއާގެ އާބާދީގެ 2 މިލިއަން މީހުންގެ 97 ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ. އެގައުމު އިސްލާމްވީ 11 ވަނަ ގަރުނުގައެވެ.

ހިއްސާ ކުރައްވާ!