އިޒްރޭލު ސިފައިން އަނެއްކާވެސް ވީޑިއޯއާއި ފޮޓޯ މީސްމީޑިއާއަށް ލުމަކީ މަނާ ކަމެއްކަން ރައްޔިތުންނަށް ހަނދާން ކޮށްދީފި
އިޒްރޭލު މީޑިއާ: އިނގިރޭސިން އިޒްރޭލުގެ ދިފާއުގައި މަސައްކަތް ކުރި. އެކަމަކު ފަރަންސޭސިން އަދިވެސ ްފަސް ޖެހެނީ (ޔަހޫދީން މިއީ ބަޔަކަށް ބަލަދު އަރާފަ ތިބި ބައެއްތަ؟)
އީރާން ސިފައިން: ނަތަންޔާހޫ ރައްޔިތުން ވައްޓާލީ ނުރައްކާތެރި ކަމެއްގ ެތެރެއަށް.
އީރާން ސިފައިން: ވަގުތު އޮތް ވައި ޔަހޫދީ ރައްޔިތުން ސަލމަތުން އެހެން ތަންތަނަށް ދިއުމަށް ގޮވާލަން. ތިޔަ ތަންތަން ދެން ދިރުއޅެން އެކަށީގެންވާ ތަންތަނަކަށް ނުވާނެ.
އީރާން: މިހާރުވެސް ލިބިފަ ހުރި މައުލޫމާތުން އިޒްރޭލުގެ ސިއްރު ނިއުކްލިއަރ މަރުކަޒުތަކަށް އީރާނަށް ހަމަލަ ދެވިދާނެ. އެކަމަކު އަދި މިތިބީ ކެތްތެރިވެގެން

އީރާނުގެ ނިއުކްލިއަރ މަރުކަޒު ހަލާކުކޮށްލުމަށް އެމެރިކާގެ އެހިއަށް އިޒްރޭލުން އަނެއްކާވެސް އެދެފި
ހައިފައާއި ތެލްއަވީވަށް މިސައިލް ހަމަލަ ދީފި
1700 ކިލޯމީޓަަރު ދުރުގައި އަދި ވައިގެ މަގުން 2ގަޑި އިރާއި 30 މިނެޓް އެއްކޮޅަށް ދެވޭ ދުރު މިނުގައި އޮންނަ އީރާނަށް ވައިގެމަގުން ހަމަލަ ދީދީ އިޒްރޭލަށް ކިތައް ދުވަސް ވަންދެން އޮވެވި ދާނެ ހެއްޔެވެ؟
މުހައްލިލުން ބުނަނީ އިޒްރޭލަށް އެހާ ދުރަސް ދަތުރުކޮށް ބޮން އެޅުމުގައި މާގި ނަ ދުވަސްވަންދެން މިގޮތަށް ހިފަހައްޓާ ނުލެވޭނެ ކަމަށެވެ.
ނަމަވެސް އީރާނުން ކެތްތެރިކަމާއެކު އީރާންގެ އަސްކަރީ އެސެޓްތައް ހިފަހައްޓައިގެން ދުވަސްކޮޅަކަށް އޮވެއްޖެނަމަ އިޒްރޭލުގެ މައްޗަށް އީރާނަށް ގަދަކަން ހޯދި ދާނެ ކަމަށެވެ. (ފާރިސް ނިއުސް އެޖެންސީ)
މިޝައިތާނާއަށް ޖަހަންނަމައިން ޖާގަ ހޯދައި ދެވިއްޖެނަމަ ދުނިޔެ އަމާންވާނެ: އީރާންގެ މީސްމީޑިއާ
މިސައިލް އުދުއްސާލުމުގެ ގޮތުން އީރާންގެ އެކްސް އެކައުންޓުތަކުން ބިސްމި ކިޔަން ފަށައިފި
ތެހެރާން ކައރީގައި ގޮއްވުންތައް ގޮއްވުމުގައި އުޅުނު ޔަހޫދީ ޖާސޫސީ އިދާރާގެ ދެ މީހުން ހައްޔަރުކޮށްފި
އީރާނުން އިމާރާތްތައް ވައްޓައި ހަދާއިރު އެތަންތަން ދެއްކުން މަނާ ކުރެއެވެ. އެކަމަކު އަނެއްކޮޅުން އީރާނާ ދެކޮޅަށް ބޮޑު ބަސް ބުނަމުން ވެސް ގެންދެއެވެ. އަދި އެމެރިކާވެސް މީގެ ތެރެއަށް ވަންދަން ވެސް އުޅެއެވެ.
އީރާނުގެ ފާރިސް ނިއުސް އެޖެންސީން ބުނީ މިހާރު ގުދަންތަކުން ބަރު ހަތިޔާރު ނެރެ މި ތައްޔާރު ކުރަމުން ދަނީ މިރޭވެސް ޔަހޫދީންނަށް ލޮލު ފިޔައެއް ނުޖެހޭ ގޮތަށް ހެދުމަށް ކަމަށެވެ.

