އިޒްރޭލުން އީރާނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓް ހަމަލަތަކުގެ ތެރެއަށް ޕާކިސްތާން ވެއްދުމަށް ކުރި މަސައްކަތް ޕާކިސްތާނުން ނާކާމިޔާބު ކޮށްފިއެވެ.
އާދީއްތަ ދުވަހުން ފެށިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އިންޑިއާގެ މީޑިއާގައި އިންޑިއާ އާއި އެހެން ބައެއް ޔޫޒަރުންގެ ޕޯސްޓްތަކުގައި ބުނެފައި ވަނީ ޔަހޫދީންނަށް އަދަބު ދިނުމަށް ނިއުކްލިއަރ ބޮން އަޅަން ޕާކިސްތާނުން ތައްޔާރަށް އޮތް ކަމަށެވެ.
ހަދާފައިޥާ ފޭކް ވާހަކަތަކެއްގައި އީރާނުގެ ގައުމީ ސަލާމަތީ މަޖިލީހުގެ މެމްބަރު މުހައްމަދު ރަޒާއީގެ ވީޑިއޯއެއް ހިއްސާކޮށްފައި ބުނެފައި ވަނީ ޔަހޫދީން އީރާނަށް ނިއުކްލިއަރ ބޮން އަޅައިފިނަމަ، ޕާކިސްތާނުން އީރާނަށް ނިއުލިއަރ ހަމަލައެއް ދޭނެކަމަށް ބުނެފައިވާ ކަމަށެވެ. އިޒްރޭލު މީޑިއާގައި ވެސް މިހާކަ ތަޅުވާފައި ވެއެވެ. އަދި މިފަދަ ފޭކް ވާހަކަ ގެނަސްދިނުމަށް މަޝްހުރު އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގައިވެސް މި ވާހަކަ ބޮޑުކޮށްގެން ގެނަސްދީފައި ވެއެވެ.
ނަމަވެސް ފެކްޓް ޗެކިން ޕްލެޓްފޯމް އައިވެރިފައި ޕާކިސްތާނުން ވަނީ މި ވީޑިއޯއަކީ ފޭކް ވީޑިއޯއެއް ކަމަށް ސާބިތުކޮށްދީ ފެކްޓް ޗެކް ކޮށްދީފައެވެ. އަދި އެފަދަ ވާހަކައެއް އީރާންގެ އޮފިޝަލުންނާ ދެކެވިފައި ނުވާކަން ބުނެފައެވެ.
މި ފޭކް ޕްރޮޕެގެންޑާއާ ގުޅިގެން މިއަދުގެ ސެނެޓް ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްތަރ އިސްހާޤު ދާރު ވިދާޅުވީ، ސޯޝަލް މީޑިއާގައި އީރާނުގެ ޖެނެރަލަކާ ހަވާލާދީ ބުނެފައިވާ ވީޑިއޯއެއް އެބައޮތް ކަމަށާއި އޭގާއި ބުނެފައި ވަނީ، އިސްރާއީލުން އީރާނަށް ނިއުކްލިއާ ހަމަލާދީފިނަމަ، ޕާކިސްތާނުން [އިސްރާއީލަށް] ނިއުކްލިއަރ ހަތިޔާރުން ހަމަލަ ދޭން ބުނެފައިވާ ކަމަށެވެ.
ދާރު ވިދާޅުވީ "މިއީ ޒިންމާދާރުކަން ކުޑަ އަދި ދޮގު ޚަބަރެއް،" އިންޓަނެޓްގައި އެ ވާހަކަތައް ވައިރަލްވެފައިވާ ކަމަށާއި، އިނގިރޭސިވިލާތުގެ ނިއުސް އައުޓްލެޓް ޑެއިލީ މެއިލް އިން ވެސް އެ ދޮގު ޚަބަރު ފަތުރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާކިސްތާނުން ފަރާތުން އެފަދަ އެއްވެސް ބަޔާނެއް ނެރެފައި ނުވާނެ ކަމަށެވެ.
ފޮޓޯގައ:ި އީރާނުން ތައްޔާރުކޮށްފައިވާ ބައެއް ސަރޕްރައިޒްތައް

