ޔަހޫދީން އިސްވެ އޮވެ އީރާނަށް ދިން ޓެރަރިސްޓް ހަމަލަތަކަށް ބަދަލު ހިފުމަށް އީރާނުން ދެމުންދާ ކާމިޔާބު ހަމަލަތައް ރިޕޯޓު ކުރާ މީޑިއާއަށް ޔަހޫދީ ވަޒީރުން ބިރު ދައްކާ މައްސަލާގައި އިޒްރޭލުގެ ބަންޑާރަ ނާއިބް ސުއާލު ކުރަން ފަށައިފިއެވެ.
އީރާނަށް ދިން ޓެރަރިސްޓް ހަމަލައާއި އީރާންގެ ހޮސްޕިޓަލާއި ޓީވީ ސްޓޭޝަނާއި އާންމުންގެ ގެތަކަށް ޔަހޫދީން ދޭ ހަމަލަތަކަށް ބައްދަލު ހިފުމަށް އީރާނުން ދޭ ރައްދު ހަމަލަތައް ވަރަށް ކާމިޔާބު ކަމަށް ދައްކައެވެ. އެކަމާ ގުޅިގެން ޔަހޫދީންގެ ފުލުހުންގެ ތާކިހާ ވަޒީރާއި މުވާސަލާތާ ބެހޭ ވަޒީރު ވަނީ އެމަންޒަރުތައް ވީޑިއޯ ކޮށް އާންމު ކުރާ މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާ ކުރާނެ ކަމަށާއި ހައްޔަރު ކުރާނެ ކަމަށް ބުނެ ބިރު ދައްކާ ފައެވެ.
އިޒްރޭލުގެ ބަންޑާރަ ނާއިބް ގާލީ ބަހްރާ މިއާރާ ވަނީ މި ދެ ވެރިން ގާތުން، ކަލޭ މެން ތިޔަ އިންޒާރު ދެމުން ދަނީ ކޮން ގާނޫނަކުން ލިބިގެންވާ ބާރަކުންތޯ ސުއާލުކޮށް މައްސަލަ ސާފުކޮށް ދިނުމަށް އަންގާފައެވެ. އޭގެ ރައްދުގައި ދެ ޔަހޫދީން ބުނެފައި ވަނީ ބަންޑާރަ ނާއިބް މަސައްކަތް ކުރަނީ ގައުމަށް ގެއްލުން ދޭން ކަމަށެވެ.

