އެމެރިކާއިން އީރާނަށް ބޮން އަޅައިފި: ޓްރަމްޕް

އެމެރިކާއިން އީރާނަށް ހަމަލަ މިދިނީ އިޒްރޭލުން އީރާނަށް އުދުވާނީ ހަމަލަ ދިންތާ 10 ދުވަސްފަހުން


އިޒްރޭލުގެ ޗެނަލް 14: އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް ވަރުގަދަ ހަމަލައެއް ދީފައިވާނެ


ޓްރަމްޕް ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކާނެ ކަމަށް އިއުލާން ކޮށްފިު


ޓްރަމްޕް ބުނަނީ އީރާންގެ ފޯރްޑޯ ނިއުކްލިއަރ ސައިޓް ނައްތާލެވިއްޖެ ކަމަށް

ތްރަމްޕް މި ހަމަލަތައް ދިނީ ދެ ހަފްތާހގެ މުއްދަތަށް ބަލާނީއޭ ކިޔައި އޮޅުވާލުމަށްފަހު

އޭނާގެ ޚާރިޖީ ވަޒީރު މިރޭ އެކުވެރި ގައުމުތަކަށް ފޯނުން ގުޅައި ބުނެފައި ވަނީ އެމެރިކާއިން ހަމަލަ ނުދޭނެ ކަމަށް


ޓްރަމްޕް ސާބިތު ކޮށްދިނި އަރަބިންނާއި މުސްލިމުންގެ އަގެއް ނެތްކަން. އެމެރިކާއިން ހަމަލަ ދިން އިރު ޓްރަމްޕަށް ތްރިލިއަން ޑޮލަރުން ވިޔަރާފި ދޭން ބުނި ގައުމުތަކާއި ޓްރަމްޕަށް ސުލްހައިގެ އިނާމު ހޯދައި ދޭން އުޅޭ ގައުމާއި ހުރިހައި މުސްލިމު ގައުމުތަކުގެ ޚާރިޖީ ވަޒީރުން ދިޔައީ އިސްތަމްބޫލުގައި ބައްދަލު ވުމެއްގައި


ޓްރަމަޕް އީރާނަށް ހަމަލަ ދިނީ ކޮންގްރެސްއިން ހުއްދަ ނެގުމަކާ ނުލައި އިޒްރޭލުގެ ހުއްދައާއެކު


އީރާނަށް ހަމަލ؛ަ ދޭން އެމެރިކާއިން ބޭނުން ކުރީ ބީ2 ގެ ބޮން އަޅާ ބޯޓްތައް


އީރާނަށް ހަމަލަ ދޭން އުޅޭކަން އެމެރިކާއިން އިޒްރޭލަށް ކުރިން އެންގި: މީޑިއާ


ޓްރަމްޕް މީޑިއާއަށް:

"އަޅުގަނޑުމެން ވާނީ ފޯޑޯ، ނަތަންޒް، އަދި އިސްފާހާން ސައިޓްތަކަށް ކާމިޔާބު ހަމަލާއެއް ދީފަ

އަޅުގަނޑުމެން ވަރަށް ކާމިޔާބު ހަމަލާއެއް ދިނީ އީރާނުގެ ތިން ނިއުކްލިއަރ ސައިޓަށް ދީފިން.

ހުރިހާ މަތިންދާބޯޓެއް މިހާރު ވަނީ އީރާނުގެ ވައިގެ ސަރަހައްދުން ބޭރުވެފަ.

ފޯޑޯގައި ހުރި ޕްރައިމަރީ ސައިޓަށް ގިނަ އަދެއްގެ ބޮންތަކެއް ވައްޓާލައިފިން.

ދުނިޔޭގެ އެހެން އެއްވެސް ސިފައިންގެ ލަޝްކަރަކަށް މިފަދަ ކަމެއް ނުކުރެވޭނެ.

މިހާރު ދެން މިއީ ސުލްހަވެރިކަމުގެ ވަގުތު، އަދި ތިޔަ ބޭފުޅުން މިކަމަށް ދެއްވި ސަމާލުކަމަށްޓަކައި ޝުކުރު ދަންނަވަން.

ބޮން އެޅި ތަންތަނުގެ ތެރޭގައި ފޯޑޯ، ނަތަންޒް، އަދި އިސްފާހާން ހިމެނޭ"

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް