މިކަން މިހިސާބުން ނިމުނީކީއެއް ނޫން: އަލީ ޝަމްޚާނީ
އިޒްރޭލާއި އީރާންގެ އުދުވާނަށް ރައްދެއްނުދީފިނަމަ، މިމީހުން ކުރާ ކަންކަމަށް ރައްދެއް ނެތި ދަނީ ކަމަށް މި ގޮތުގައި ކުރިއަށް ދާނެއެވެ. އެހެންވެ، އީރާނުން ބުނަނީ މިހިސާބުން މިކަން ނިމުނީކީ އެއް ނޫން ކަމަށެވެ. އީރާންގެ އިމާމް އާޔަތުﷲ ޢަލީ ޚާމަނާއީގެ އިސް މުޝީރު ޢަލީ ޝަމްޚާނީ ވިދާޅުވަނީ އެމެރިކާއަށް ވޭންދެނިވި ގޮތަކަށް އީރާނުން ފިލާވަޅެއް ނަގައި ދޭނެ ކަމަށެވެ.
އީރާނުން އެމެރިކާއަށް ރައްދު ދޭނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އީރާނުން އެމެރިކާއަށް ރައްދު ދޭނެ ގޮތަކާއި ރައްދު ދޭނެ ވަގުތެއް ކަނޑައަޅާނީ އީރާންގެ ގައުމީ ސަލާމަތީ މަޖިލީހުންނެވެ. އެ މަޖިލީހުން އަދި ބައްދަލު ވުމެއް ނުބާއްވައެވެ.
އީރާންގެ ރައްޔިތުންވެސް ބޭނުން ވަނީ އެމެރިކާއާއި އިޒްރޭލާ ކުރިމަތި ލުމަށެވެ.
އީރާނުން ދެކޭ ގޮތުގައި މިފައްތަރުގައި ހިމޭނުން ތިބެއްޖެނަމަ، އެމެރިކާއިން އީރާނަށް ހަދައިލާނީ އިރާގާއި އަފްޣާނިސްތާނާއި ލީބިޔާއަށް ހަދައި ލިގޮތަށެވެ. އެކަމަކު މުހައްލިލުން ދެކޭ ގޮތުގައި އެންމެ ފަހުން އެމެރިކާއިން މިކަން ނިންމާލާނީ ޒަޔަނސިްޓު ސޮލީބީ ދީނީ ވިސްނުމަކުން ވިސްނައި ތެހެރާނަށް ނިއުކްލިއަރ ބޮމެއް އަޅައިގެންނެވެ.
އެމެރިކާގެ ރައީސަކީ ބޮލު ރޮދި ކެނޑިފައި ހުންނަ މީހެއް ކަމަށް މީހުން ބުނެއުޅެއެވެ. އަދި އެހެން ކަމުން އޭނާގެ ސުލޫކުތައް ހުންނަކީ ދެއުޅި އެއް ނުވާ ގޮތަކަށެވެ. އެފަދަ މީހަކު ނިއުކްލިއަރ ބޮމެއް ވައްޓާލާކަށްވެސ ްފަހެއް ނުޖެހޭނެއެވެ.

