ޔަހޫދީން އިސްވެ ތިބެގެން އީރާނާ ދެކޮޅަށް ދިން އުދުވާނީ ހަމަލާގައި އީރާންގެ ވައިގެ ދިފާއީ ނިޒާމަށް ބޮން އެޅި އެމެރިކާއިން އެދިގެން ކަމަށް އިޒްރޭލުގެ ވާއްލާ މީޑިއާއިން ބުނެފި.
އީރާނަށް އިސްވެ ޓެރަރިސްޓް ހަމަލަ ދިން ޔަހޫދީން ބުނަމުން ދަނީ އީރާނުން އެއްބަސް ވެއްޖެނަމަ މާދަމާ ވެސް ހަމަލަތައް ހުއްޓާލަފާނެ ކަމަށް.
އީރާންގެ ޕަޒަކްޝިޔާން ރައީސް މެކްރޮން އާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އީރާން ރައްޔިތުންނަކީ ދޫދޭނެ ބައެއް ނޫން ކަމަށާއި އެމެރިކާއިން އީރާންގެ ހަމަލައަކަށް އިންތިޒާރު ކުރާން ޖެހޭނ ކަމަށް.
އެމެރިކާގެ ތްރަމްޕް ބުނަނީ އޭނާ އީރާނަށް ހަމަލަ ދިނީ އީރާނުން އެމެރިކާގެ އެތައް ބަޔަކު މަރާފައިވާތީ ކަމަށް./ މިހިނދު ޝާހްގެ ވެރިކަމުން ފެށިގެން އެމެރިކާއަކީ ގަނޑުކޮށް އީރާނު މީހުން މަރަމުން އައިސްފައިވާ ގައުމެއް. އަދި އީރާނަށް ހުރިހައި ފަހަރަކުވެސް އުދުވާނީ ހަމަލަ ދީފައި ވަނީ އެމެރިކާއިން. އެމެރިކާިއން ވަނީ އީރާންގެ ރައްޔިތުން ދަތުރުކުރި ބޯޓއްވެސް ވައްޓާލާފަ.. އެމެރިކާއަކީ މި ފަހުގެ ތާރީޚުގައި އެއްމެ ގިނަ އަދަކަށް މުސްލިމުން ޝަހިދު ކޮށްފައިވާގައުމުވެސް މެ. އެމެރިކާގެ ރޮނދިކެނޑިފައިވާ ރައިސް ވަނީ އާދައިގެ މަތިން އޮޅުވާލަން މަސައްކަތްކޮށްފަ.

