އެމެރިކާއިން އަމިއްލައަށް އުފެއްދި ނުރައްކާތެރި ހާލަތުގައި ބޯހާސްވެފައި

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ނިއުކްލިއަރ ބާރެއްކަމަށްވާ އެމެރިކާއިން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާ ދިންތާ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން ދުނިޔޭގެ ފެންވަރުގައި ނުރައްކާ އޮތް ކަމަށް ބުނެ އިންޒާރެއް ނެރެފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ހަމަލަތަކުގެ ސަބަބުން މެދުއިރުމަތީގެ ދަތުރުފަތުރަށް ބުރޫއަރާ، ވައިގެ ސަރަހައްދު ބަންދުވަމުންދާ ކަމަށެވެ. އަދި މިހާލަތުގައި އެމރިކާގެ ޚާރިޖީ ވުޒާރާއިން ލަފާދެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އިތުރަށް ސަމާލުވެ ތިބުމަށާއި ދަތުރު ރާވާއިރު އެ އިދާރާއިން ނެރޭ ޓްރެވަލް އެޑްވައިޒަރީއާއި ގައުމުގެ މައުލޫމާތާއި ފަހުގެ ސެކިއުރިޓީ އެލާޓްތައް ބަލާލުމަށް ވެސް އެދިފައި ވެއެވެ.

އެމެރިކާއިން އަމިއްލައަށް އުފެއްދި ނުރައްކާތެރި ހާލަތުގެ ސަބަބުން މަސްރަހު ނާމާން ވެފައި ޚުދު އެމެރިކާއަށްވެސް ނުރައްކާވެފައިވާ ކަމަށް އެމެރިކާ ގަބޫލު ކުރެއެވެ. އެކަމާ ގުޅިގެން، އެމެރިކާގެ ދާޚިލީ ވުޒާރާއިންވެސް ވަނީ އެ ފަދަ ބަޔާނެއް ނެރެފައެވެ. އަދި ހެކަރުން އެމެރިކާއަށް ހަމަލަ ދޭނެ ކަމަށާއި އެމެރިކާގެ ނެޓްވޯކްތަކަށް ސައިބަރ ހަމަލާތައް ދިނުން އެކަށީގެންވާ ކަމަށާއި، އީރާން ސަރުކާރާ ގުޅުން ހުރި ސައިބަރ ހަމަލަތައް އެމެރިކާގެ ނެޓްވޯކްތަކަށް ދީފާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރު އުފެދިފައިވާ ނުތަނަވަސްކަމަކީ، އިޒްރޭލުން އީރާނަށް އިސްވެ ދިން ހަމަލައާއި އަދި އެއަށްފަހު މި ހަނގުރާމައިގެ ތެރެއަށް އެމެރިކާވަދެ، އީރާނުގެ ސިޔާދަތީ ހުރުމަތް ކަނޑާލުމާ ގުޅިގެން އުފެދިފައިވާ ހަނގުރާމައިގެ ހާލަތެކެވެ.

އެމެރިކާއިން ވަނީ ޓެރަރިސްޓް ހަމަލައެއްދީ، އީރާންގެ ފޯޑޯ، ނަތަންޒް، އަދި އަސްފާހާންގައި ވާ އެގައުމުގެ ތިން ނިއުކްލިއާ ސައިޓަށް އަމާޒުކޮށްފައެވެ.

އީރާނުން ވަނީ ބަދަލު ހިފާނެ ކަމަށް ބުނެފައެވެ. އެމެރިކާއާއި އިޒްރޭލުން މީގެ ކުރިން އިސްލާމީ 4 ގައުމަކަށް ދިން މިފަދަ ހަމަލަތަކުގައި އެގައުމުތަކުގެ ސަރުކާރު ބަދަލުކޮށް ގައުމު ބައިބައިކޮށް ފިތުނަވެރިކަން އުފައްދައި ފައި ވެއެވެ. އީރާނުގެ ރައީސް މަސްއޫދު ޕަޒެޝްކިއަން ވަނީ އެމެރިކާއަށް އީރާނުން ރައްދު ދޭނެކަން ކަށަވަރުކޮށްދެއްވާފައެވެ.

އެމެރިކާއާއި އިޒްރޭލުން ވަނީ އެދެ ގައުމުގެ މަގްސަދު ސާފުކޮށް އިއުލާން ކޮށްފައެވެ. އެއީ މީގެ ކުރިން އިރާގާއި ލީބިޔާއަށް ހެދިގޮތަށް ހެދާނެ ކަމުގެ އިންޒާރެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް