އީރާނަށް ސިޔާދަތު ދިފާއުކުރުމުގެ ހައްގު ލިބިގެންވޭ: ރަޝިޔާ

އެމެރިކާއިން އީރާންގެ ސިޔާދަތަށް އަރައި ގަނެފައިވާތީ، އީރާނަށް "އެމެރިކާގެ އަސްކަރީ އަނިޔާވެރިކަމާ ދެކޮޅުހެދުމުގެ" ފުރިހަމަ ހައްގު ލިބިގެންވާ ކަމަށާއި، އީރާންގެ ގައުމީ މަސްލަހަތު ދިފާއު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ރަޝިޔާއިގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އީރާންގެ މަސްއޫލުވެރިން ގެންދަވަނީ އީރާންގެ ހުރުމަތް ކަނޑާލުމުން އެމެރިކާއަށް ފުރިހަމަ ރައްދެއް ލިބޭނެ ކަން ޔަގީން ކޮށްދެމުންނެވެ. ފްރާންސްގައި ހުންނަވާ އީރާން ސަފީރުވެސް އެކަން ޔަގީން ކޮށްދެއްވައެވެ.

އީރާނުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް ލެފްޓިނެންޓް ޖެނެރަލް އަމީރު ހާތަމީ ވެސް ވަނީ އެމެރިކާއިން އިންތިޒާރު ކުރުމަށް އަންގަވާފައެވެ.

"އީރާނުގެ މުޅި ތާރީހުގައި ވެސް އެމެރިކާއިން ހިންގާ ޖަރީމާތައް އަޅުގަނޑުމެންނަށް ފެނިފައިވޭ. އެމެރިކާ މީހުން އީރާނާ ދެކޮޅަށް ޖަރީމާތައް ހިންގާ ކޮންމެ ފަހަރަކު ފުރިހަމަ ޖަވާބެއް ލިބިފައިވޭ. އަދި މިފަހަރު ވެސް ތަފާތެއް ނުވާނެ،" ދައުލަތުގެ އައިރިބް ޓީވީ ޗެނަލުން ދއްކި އީރާނުގެ އަސްކަރީ ކޮމާންޑަރުންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަޒުމް ވަރުގަދަކޮށް ދިފާއުކުރާނީ މިގައުމުގެ މިނިވަންކަމާއި، ސަރަހައްދީ އިސްތިގްލާލާއި އިސްލާމީ ޖުމްހޫރިއްޔާގެ މުޤައްދަސް ދައުލަތުގެ ނިޒާމު، ޤައުމީ މިނިވަންކަމާއި ސަރަޙައްދީ އިސްތިގްލާލް ރައްކާތެރިކޮށްދޭނަން" ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް