އިޒްރޭލުގެ ހަމަލަތަކާ ހެދި އިންޑިއާ ރައްޔިތުން އީރާނުން ބޭރުކުރި

އިޒްރޭލާއި އީރާނުގެ ދެމެދުގައި ހިނގި ހަނގުރާމައާއި އެހެނިހެން ބައިނަލްއަޤްވާމީ ހަމަނުޖެހުންތަކުގައި އިންޑިއާގެ އަވަސް ޑިޕްލޮމަސީގެ ސަބަބުން ގިނަ ފުރާނަތަކެއް ސަލާމަތްކުރެވެއެވެ. އީރާނާއި އިޒްރޭލުގެ ދެ ޤައުމުގެ މެދުގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުން ދިޔައިރު، އިންޑިއާއިން އެ ޤައުމުގެ ރައްޔިތުން ސަލާމަތްކުރުމަށް ދެ ޤައުމާ ގުޅިގެން މަސައްކަތްކުރިއެވެ. ޔަހޫދީންގެ ޓެރަރިސްޓް ހަމަލަތަކުގައި އީރާނަށް ވައިގެ ހަމަލަތައް އަމާޒުވަމުން ދިޔައިރު، ތެހެރާންގައި ހުރި އިންޑިއާގެ އެމްބަސީން އެ އީރާންގައި ތިބި އިންޑިއާ ދަރިވަރުން ރައްކާތެރި ތަންތަނަށް ބަދަލުކުރިއެވެ. މީގެ އިތުރުން ޔަހޫދީން އުދުވާނީ ހަމަލަތައް ދެމުން ދިޔަ ސަރަޙައްދުތަކުން މީހުން ބޭރުކުރުމަށްވެސް އިންޑިއާއިން އެހީތެރިވިއެވެ.

އީރާނަށް އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާގައި އިންޑިއާއިން ގެންގުޅެފައި ވަނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތުތަކެކެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ގައުމުތަކަށް ގުޅުއްވައި ލީޑަރުންނާ މަޝްވަރާ ކުރައްވާފައެވެ. މިކަމުގެ ސަބަބުން އިންޑިއާ މީހުން އީރާނުން ބޭރުކުރުން ފަސޭހަވެގެން ދިޔައެވެ.

އިންޑިއާގެ އެމްބަސީތަކުން ބޭރުގައި ތިބި އިންޑިއާގެ ރައްޔިތުންނަށް ރައްކާތެރިކަމާ ގުޅޭ އަޕްޑޭޓްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެގެން އުޅުނު ކަމަށް ގަލްފްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔުކްރެއިންގެ ހަނގުރާމައިގައި އިންޑިއާއަށް ލިބިފައިވާ ތަޖުރިބާ ވެގެން ދިޔައީ ރައްޔިތުން އީރާނުން ބޭރުކުރުމަށް ފަސޭހައަކަށެވެ. ވައިގެ މަގުންނާއި އަރްމީނިޔާ މަގުން ލައިގެން އީރާންގައި ތިބި 10 ހާހަށް ވުރެން ގިނަ އިންޑިއާ މީހުން އަނބުރައި ގައުމަށް ގެނައުވުނެވެ.

އިންޑިއާ ސަރުކާރުން އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަނގުރާމަތަކާއި ހަމަނުޖެހުންތައް މޮނިޓަރކޮށް، އެ ޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދެއެވެ.

އީރާނުން އިންޑިއާ ރައްޔިތުން ބޭރުކުރިއިރު، އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންވެސް އިންޑިއާއިން އެގައުމުތަކުގެ ސަރުކާރުގެ އެދުމަށް ބޭރުކޮށް ދިނެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް