ޔަހޫދީން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލުސްގެ އިރުމަތީގައިވާ ޔޫސުފްގެފާނުގެ ޒިޔާރަތަށް ވަދެ އެތަން ހިފައިފިއެވެ. ޔަހޫދީ ސެޓްލަރުން އެތަން ހިފީ މިއަދު އެވެ. މި ހަމަނުޖެހުންތައް ހިނގާފައިވާ ކަން ޔަހޫދީންގެ ސިފައިންވެސް ވަނީ ޔަގީންކޮށްދީފައެވެ. އާންމުކޮށް ސެޓްލަރުން ހިންގާ ހަމަނުޖެހުންތަކުގައި ޔަހޫދީ ސިފައިން އެމީހުންނަށް ވާގިވެރިވެއެވެ. ނަމަވެސް މިހަފަރު ހަމަނުޖެހުން ހިންގާފައި ވަނީ ސިފައިންނަށް ނޭނގިކަމަށް ބުނެއެވެ.
އިޒްރޭލްގެ ވައްލާ ނިއުސް ސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަހޫދީ ލަޓޯފަޓޯ ސެޓްލަރުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދިމާއަށް ބަޑިޖަހައި އޮށްގަލުން ހަމަލަދީފައެވެ. އަދި މި އުދުވާނުގައި ފަލަސްޠީނުގެ ގިނަބަޔަކަށް އަނިޔާ ވެފައި ވެއެވެ.






