އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނައިޖީރިއާގައި ކްރިސްޓިއަނުންނަށް އަމާޒުކޮށް ދޭ ހަމަލަތަކާ ގުޅިގެން އެ ޤައުމަށް އެމެރިކާއިން ދޭ އެހީ ހުއްޓާލުމާއި، ޓެރަރިސްޓް އުދުވާނީ ހަމަލައެއް ދޭން ވިސްނާ ކަމުގެ އިންޒާރު ދީފައެވެ. އެމެރިކާއިން ދަނީ ވެނެޒުއެލާއާއި އެސަރަހައްދުގެ މައުދަނާއި ރިސޯސް ކޮންޓްރޯލު ކުރުމަށްވެސް ޓެރަރިސްޓް އޮޕަރޭޝަން ހިންގަމުންނެވެ.. ނައިޖީރިއާއަކީވެސް ރީސޯސް މުއްސަނދި ގައުމެކެވެ.
ޓްރަމްޕް މި އިންޒާރު ދީފައި ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތް ސޯޝަލްގައި ކުރި ޕޯސްޓެއްގައެވެ.
އިސްލާމޯފޯބިއާގެ ބަސްމަގު ތަކުރާރު ކުރަމުން ޓްރަމްޕް ބުނެފައި ވަނީ މިއީ މުސްލިމުން ނަސާރާއިންނަށް ދޭ ހަމަލަތަކެއް ކަމަށެވެ. ނައިޖޭރިޔާގައި ބޯކޯ ހަރާމް ނަމަކަށް އޮޕަރޭޓް ކުރާ ޖަމާއަތަކުން ސަރުކާރާ ދެކޮޅަށް ބަޣާވާތް ހިންގަމުން ގެންދެއެވެ،.އެމީހުން އޮޕަރޭޓް ކުރަނީ އެގައުމުގެ ރިސޯސް އެންމެ މުއްސަދި ސަރަހައްދުގައެވެ. މިއީ ބޭރުގެ ފަރާތްތަކުން އަޑީގައި ތިބެގެން މި ސަރަހައްދުގެ ރިސޯސް ކޮންޓްރޯލު ކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ބުނެއެވެ.
ޓްރަމްޕްގެ ބަޔާނުގައި ބުނެފައިވަނީ ނަސާރާއިންނަށް ހަމަލަ ދިނުމުގައި ޒިންމާވާ ފަރާތްތައް "ފުނޑާލުމަށް" އެމެރިކާ "ބަޑިތައް ހިފައިގެން" ނައިޖީރިއާއަށް ވަނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޓްރަމްޕަކީ ޣައްޒާގެ ޖެނޮސައިޑަށް ހަތިޔާރު ދިން ކަމަށް ބުނެ އިޒްރޭލު ޕާލަމެންޓްގައި ފޮނިކެނޑި މީހާއެވެ. އޭނާ ދެއްކި ވާހަކައިގެ ހަގީގަތް މިއޮތީއެވެ.

ޓްރަމްޕްގެ މި އިންޒާރުތަކަށް ނައިޖީރިއާގެ ރައީސް ޓިނުބޭ ވަނީ އެކްސް މެދުވެރިކޮށް ޖަވާބު ދެއްވާފައެވެ. ރައީސް ޓިނޫބޭ ވިދާޅުވީ ދީނީ މިނިވަންކަމާއި އެއްބައިވަންތަކަން ކަށަވަރުކުރުމަކީ ނައިޖީރިއާގެ އަސާސީ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ނައިޖީރިއާގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު އިދްރީސް ވެސް ވަނީ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ދީނުގެ ސަބަބުން އެތައް ހާސް ބަޔަކު މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ފުލޯކު ވާހަކައެއްކަމަށް ވިދާޅުވެފައެވެ.

