އިސްރާއީލުގެ ޖަލުތަކުގައި އޮޓިޒަމް ކުއްޖަކަށް ޖިންސީ ގޯނާކޮށްފި

އުމުރުން 14 އަހަރުގެ ފަލަސްޠީނުގެ ކުއްޖަކު ޖެނޮސައިޑް ފޯސްއިން ހައްޔަރުކުރި ހިސާބުން ފެށިގެން އޭނާއަށް ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ ގޮތުން ބިރުވެރި އަނިޔާތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ރިޕޯޓްތައް ވަނީ ތިލަވާން ފަށާފައެވެ.މި ކުއްޖާއަކީ 100% އޮޓިސްޓިކް ކުއްޖެކެވެ. މި ހާދިސާއިން އިސްރާއީލުގެ ޖެނޮސައިޑް ފޯސްގެ ވަހުޝީކަމާއި، ކުޑަކުދިންގެ ހައްގުތަކަށް އަރައި ގަތުމާއި ނުކުޅެދޭ މީހުންގެ ހައްގުތަކަށް ފަރުވާލެއް ނު ބަހައްޓާ ކަން ހާމަވެގެންދެއެވެ.

ޢިބްރީ ނޫސް 'ހާރެޓްސް' އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިކުއްޖާއަކީ ޔާފާގައި ދިރިއުޅޭ ފަލަސްޠީނުގެ ނަސްލުގެ ކުއްޖެކެވެ. މި ކުއްޖާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އިސްރާއީލުގެ ސިފައިން ވަނީ ފަތިހުގެ ވަގުތެއްގައި ހުޅަނގު އައްސޭރީގައި ހުންނަ އެ ކުއްޖާގެ ގާތްތިމާގެ މީހުންގެ ގެއަށް ވަދެ، ބިރުދައްކާފައެވެ. އެ ކުއްޖާގެ މަންމަ ކިޔައިދިން ގޮތުގައި، "ފަތިހު 4:30 ގައި 10 ޔަހޫދީ ސިފައިން ވަދެ، ކުދިން ތިބި ކޮޓަރިއަށް ބަޑިއާއި ލައިޓްތައް ދިއްކުރިއެވެ. އަހަރެންގެ ދަރިފުޅު ބިރުން ތުރުތުރު އަޅަން ފެށިއެވެ."

އޮޓިޒަމްގެ ސަބަބުން ޚާއްސަ ކޭހެއްގެ ގޮތުގައި ޑޮކްޓަރީ ގޮތުން ބަލައިގެންފައިވާއިރު، އަދި އާއިލާއިން އޭނާ "އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާ" ކަމަށް ބުނެފައިވާއިރުވެސް، ޖެނޮސައިޑް ފޯސްއިން އޭނާއަށް ތުހުމަތުކުރަނީ "ހަމާސް އަދި ދާޢިޝްއާ އާ ގުޅުން ބަހައްޓާ" ކަމަށެވެ.

އަދި އޭނާ "އިސްރާއީލުގެ ތަންތަނުގެ ފޮޓޯ ނެގުން"، އަދި "ގޮވާތަކެތި ތައްޔާރުކުރަން މަސައްކަތްކުރުން" ފަދަ ސީރިއަސް ތުހުމަތުތައް އޭނާއާ ދެކޮޅަށް ކޮށްފައި ވެއެވެ. މި ތުހުމަތުތަކަކީ އޭނާގެ ސިއްހީ އަދި ނަފްސާނީ ހާލަތާ ނުގުޅޭ، މާ ބޮޑެތި ތުހުމަތުތަކެއް ކަމަށް ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ސިފަކުރެއެވެ.

'ހާރެޓްސް' އިން ހާމަކުރާ އެންމެ ބޮޑު ހައިރާންކަމަކީ، އެ ކުއްޖާ އޭނާއަށްވުރެ ބޮޑެތި ޒުވާނުންނާ އެއް ގޮޅިއެއްގައި ބަންދު ކޮށް އެ މީހުން އޭނާ ލައްވައި މަސައްކަތް ކުރުވާ ކަމެވެ. މިއާއެކުވެސް ކުޑަކުދިންގެ ކޯޓުގެ ގާޒީ ޓާލް ލެވީޓަސް، އޭނާ އެހެން ތަނަކަށް ބަދަލުކުރުމަށް ނުވަތަ ރައްކާތެރިކަން ދިނުމަށް ވެސް އަމުރެއް ނުދިނެވެ.

މި މައްސަލައަކީ ފަލަސްޠީނުގެ ކުޑަކުދިންނާ މެދު އިސްރާއީލުގެ ހަރުކަށިކަން ފެނިގެންދާ ކަމެކެވެ.

އްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މާހިރުން ވިދާޅުވާ ގޮތުގައި، އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ކުޑަކުދިންނާ މެދު މުއާމަލާތު ކުރަނީ ކުޑަކުދިންގެ ގޮތުގައެއް ނޫނެވެ. އަދި ކޮންމެ ކުއްޖަކީވެސް ޔަހޫދީންނަށް ސަލާމަތީ ފައިލެއްގެ ނަންބަރެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް