ޕެޝާވަރުގައި ޖާނު ގޮއްވާލުމުގެ ހަމަލާގައި ތިން ކޮމާންޑޯ މަރުވެއްޖެ

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚްވާގެ ވެރިރަށް ޕެޝާވަރުގައި ހުންނަ ފްރޮންޓިއަރ ކޯޕްސް (އެފްސީ) ގެ މައި މަރުކަޒަށް މިއަދު ހޯމަ ދުވަހު ދިން ޖާނު  ގޮއްވާލުމުގެ ދެ ހަމަލާގައި ޕެރަމިލިޓަރީގެ ތިން ކޮމާންޑޯ މަރުވެއްޖެއެވެ. މ،ި ހަމަލަ ދީފައި ވަނީ މިއަދު ހެނދުނު 8 ޖެހިތަނާއެވެ.

ސަރުކާރުގެ އިސްވެރިން ވިދާޅުވި ގޮތުގައި، މި ދެ ހަމަލާދިން މީހުން ގޮވާތަކެތި ގޮއްވާލީ މައި ގޭޓާ ހިސާބުންނާއި ގޯތިތެރެއަށް ވަދެގެންނެވެ. މި ހަމަލާއާއެކު ސަލާމަތީ ބާރުތަކާއި ޓެރަރިސްޓުންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް، އެތައް ތެރަރިސްޓުން މނަރާލާފައި ވެއެވެ. އަދި މިތާގައި ގޮއްވާލާފައިވާ ގޮވުންތަކުގެ އަޑު އެތައް ކިލޯމީޓަރު ދުރަށް ވެސް އިވުނު ކަމަށްވެސް ވަނީ ބުނެފައެވެ. މި ހަމަލާ ދިނުމާއެކު ސަލާމަތީ ބާރުތަކުން ވަނީ ވަގުތުން ސަރަހައްދު ވަށާލައި، އޮޕަރޭޝަނެއް  ފަށާފައެވެ.

މި ހަމަލާއަކީ މިދިޔަ އެތައް މަސްތަކެއްގައި ސަލާމަތީ ފަރާތްތަކުން ހިންގި އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެކެވެ. މިއީ ޚައިބަރު ޕަޚްތޫންޚްވާގައި ޓެރަރިޒަމްގެ ނުރައްކާ ހުރި މިންވަރު ދައްކުވައިދޭ ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ހަމަލާގެ ފަހަތުގައި ހުރި ޖަމާއަތް ހޯދުމަށް ތަހުގީގުތައް މިހާރުވެސް ކުރިއަށްދާ ކަމަށް މުއައްސަސާތަކުން ބުނެއެވެ.

 

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް