އެއީ ކަނޑުފޭރުމުގެ އަމަލެއް: ރަޝިޔާ

އެމެރިކާ ސިފައިން ވަނީ ޖެނުއަރީ 7 ވަނަ ދުވަހު އުތުރު އެޓްލާންޓިކް ކަނޑުގައި ރަޝިޔާގެ ދިދަ ޖަހާފައިވާ ޓޭންކަރު މެރިނޭރާ އަށް އަރައި އެ ބޯޓު އަތުލައިގަނެ، ވެނެޒުއެލާ އާއި އީރާނުން ގަވާއިދާ ހިލާފަށް ތެޔޮ ޝިޕްމަންޓްތަކެއ ގެންދާ ކަމަށް ބުނެ ފިޔަވަޅުތައް އަޅާފައެވެ. ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ކައިރީގައި ތިބި ނަމަވެސް ކުރިމަތިލުމެއް އަދި ނުހިނގަ އެވެ. ނަމަވެސް ރަޝިޔާއިން ވަނީ ސެބްމެރިނެއް ފޮނުވާފައެވެ.

މޮސްކޯއިން ވަނީ އެ އަމަލަކި ކަނޑުފޭރުމުގެ "ޕައިރޭސީ" އަމަލެއް ކަމަށް ބުނެ ބޯޓު ދޫކޮށްލުމަށް ޑިމާންޑްކޮށްފަ އެވެ. މި ކަމުން ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވެނެޒުއެލާގައި ތެޔޮ ބްލޮކް ކުރުމަށް ކުރަމުންދާ މަސައްކަތް ހާމަވެއެވެ. އަދި

ދެވަނަ ޓޭންކަރެއް ވެސް ކެރިބިއަން ކަނޑުން އަތުލައިގަނެފައިވެއެވެ. އެމެރިކާއާއި ރަޝިޔާގެ ދެމެދުގެ ފިތުނަތައް މިއިން އިތުރުވަމުންދާ ކަމުގެ އިންޒާރު ތަހުލީލުކުރާ ފަރާތްތަކުން ދެއެވެ.

ހިއްސާ ކުރައްވާ!