ލައިލަތުލްގަދްރި ވިލޭރޭ ހިންގި ގަތުލުއާންމަށް ފަހު އިސްލާމީ ގައުމުތަކުން ފިއްތައިގެން ހަމަލަ މެދުކަނޑާލަނީ

ޕާކިސްތާނުން ލައިލަތުލްޤަދްރި ވިލޭރޭ އަފްޣާނިސްތާނުގެ ހަސްފަތާލަކަށް ބޮން އަޅައި ހިންގި ޖަރީމާއަށް ދުނިޔެއިން ފާޑު ކިޔުން އަމާޒު ވުމުން މިޖހާރު ހަމަލާތައް ހުއްޓާލުމަށް ނިންމައި އެކަން އިއުލާން ކޮށްފިއެވެ. ޕާކިސްތާންގެ އިންފޮނޭޝަން ވަޒީރު އަތާއުﷲ ތަރާރް މިއަދު ބުދަ ދުވަހު ވިދާޅުވީ، ފިޠުރު ޢީދާ ދިމާކޮށް އަދި "އިސްލާމީ އަޚުވަންތަ ޤައުމުތަކުގެ އެދުމުގެ މަތިން"، މުސްލިމު އަފްޣާން ތާލިބާނުންނާ ދެކޮޅަށް ކުރިއަށްގެންދާ "އޮޕަރޭޝަން ޣަޒަބުލިލް ޙައްޤު" ވަގުތީ ގޮތުން މެދުކަނޑާލުމަށް ޕާކިސްތާނުން ނިންމާފައިވާ ކަމަށެވެ.

ޕާކިސްތާނުން ވަނީ ރޯދަ މަހު ރޯއަށް ތިބެގެންނާއި ހާރު ދަމާއި މެންދަމު ކޮންމެ ރެއަކު ހެން މުސްލިމު އަފްޣާނިސްތާނަށް ބޮން އަލައި ފާފަތައް ލިބިގެންފައެވެ.

ޕާކިސްތާނުން "އޮޕަރޭޝަން ޣަޒަބުލިލް ޙައްޤު" ފަށާފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހުގެ ރޭ އެވެ. ބެލެވޭ ގޮތުގައި މިއީ އެމެރިކާގެ އެދުމުގެ މަތިން ޕާކިސްތާނުން ފެށި އޮޕަރޭޝަނެކެވެ. އެމެރިކާއިން ބޭނުންވީ އަފްޣާނިސްތާންގެ ބަގްރާމް އަސްކަރީ މަރުކަޒު ތާލިބާނުން އެމެރިކާއަށް ދޭށެވެ،. ނަމަވެސް ތާލިބާނުން ވަނީ ސާފު ބަހުން އެކަމަށް ނޫނެކޭ ބުނެފައެވެ. އެއާ ގުޅިގެން އެމެރިކާއިން ޓްރަމްޕް ބުނެފައި ވަނީ ބަގްރާމް އެމެރިކާއަށް ނުލިބޭނެމަ އެތަނުގެ ފައިދާ އެހެން ބަޔަކަށް ލިބެން އެމެރިކާ ބޭނުން ނުވާ ކަމަށދެވެ. ކަން ހިނގައި ދިޔައީވެސް އެހެންނެވެ. ޕާކިސްތާނުން ފެށި އޮޕަރޭޝަން ޢަޟަބު ލިލްހައްޤި ފެށުމާއެކު ޕާކިސްތާނުން ވަނީ ބަގްރާމް ބޭސް އަށް އަސްކަރީ ހަމަލަތައް ދީފައެވެ.

އިސްލާމީ ގައުމުތަކުގެ ފިއްތުންތަކާއެކު މަޖުބޫރުން ޕާކިސްތާނުން ހަމަލަތައް ހުއްޓާލާކަން އިޢުލާން ކުރެއްވީ ތަރާރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ "ކުރިއަށް އޮތް ފިޠުރު ޢީދާ ދިމާކޮށް، ޕާކިސްތާނުގެ އަމިއްލަ އިސްނެގުމުގެ މަތިން" އަދި "ސައުދީ އަރަބިއްޔާ، ގަތަރު އަދި ތުރުކީ އާއެކު އިސްލާމީ އަޚުވަންތަ ޤައުމުތަކުގެ ފިއްތުމުގެ މަތިން" ކަމަށެވެ.

ތަރާރް ވިދާޅުވީ ޕާކިސްތާނުން ހަމަލަތައް ނުދީ އޮންނާނީ "މާރިޗު 18/19 ގެ މެންދަމުން ފެށިގެން މާރިޗު 23/24 ގެ މެންދަމާ ހަމައަށް" ކަމަށެވެ.

ހިއްސާ ކުރައްވާ!