ސްޕްއިންގައި ދެން އިސްލާމް ދީން ކޮންޓްރޯލް ކުރުމެއް ނެތް: ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް

ބައެއް ފަހަރު… ގައުމެއް ދެކެ ލޯބިވެވެނީ ހަމައެކަނި އެ ގައުމުގެ ރީތިކަމަކުން ނޫނެވެ.
އެހެން ވާން ޖެހެނީ، އެ ގައުމަކުން ތިމާގެ އަމިއްލަ އަގުތަކާއި އުސޫލުތަކާ ގުޅޭ ކަންތައްތަކެއް ފެންނާތީއެވެ.
މިހާރު މި ފެންނަނީ ހަމަ އެ މަންޒަރެވެ…


.
ސްޕެއިނުން އަނެއްކާވެސް އެންމެން ހައިރާންކޮށްލައިފިއެވެ.
އީދާ ދިމާކޮށް….. މީގެ ކުޑައިރުކޮޅެއް ކުރިން…

ސްޕެއިނުގެ ބޮޑުވަޒީރު ވަނީ މަލަގާ ސިޓީގައި ހުންނަ މަސްޖިދުލްއިމާމް މާލިކްގެ ގޯތިތެރެ ނަމާދަށް ހުޅުވާލިކަން އިޢުލާން ކުރައްވާފައެވެ.
އެއީ މުސްލިމުންނަށް މިނިވަންކަމާއި އަމާންކަމާއެކު އީދު ނަމާދު ކުރުމުގެ ފުރުސަތު ދިނުމަށެވެ.
ނަމާދުކުރާ މީހުންނަށް ފުރިހަމަ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށްދެމުންނެވެ… މިއީ އަޅުކަމަށް އޮތް ހަގީގީ އިހުތިރާމް ދައްކުވައިދޭ މަންޒަރެކެވެ.

އަދި މިވަރުން ނިމުނީއެއް ނޫނެވެ…
މީގެ ދުވަސްކޮޅެއް ކުރިން…
ސްޕެއިން އިން ވަނީ ހަރުކަށި ގާނޫނެއް ވަނީ ފާސްކޮށްފައެވެ.
ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރާ ނުވަތަ ދީނީ މުގައްދަސް ތަންތަނަށް އިހާނެތިކޮށް ހިތާ ކޮންމެ މީހަކަށް 15 އަހަރާ ހަމައަށް ޖަލު ހުކުމެއް އަންނާނެއެވެ!

ސާފު ސީދާ ނިންމުމެކެވެ… އެއްވެސް އޮޅުމެއް ނެތެވެ.
މިއީ ހަމައެކަނި ދައްކާލާ ދަޅައެއް ނޫނެވެ.
ޢަމަލީ ފިޔަވަޅުތަކެކެވެ.

ހަމައެއާއެކު…
ސްޕެއިނުގައި މުސްލިމުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ހީވަނީ ތާރީޚު އަނެއްކާވެސް އައިސް މާޒީއާއި މިހާރާއި ކުރިމަގު ސިއްރުން ވާހަކަދައްކާ ހެންނެވެ.

އަންދަލުސްއަކީ… ހަމައެކަނި ހަނދާނެއް ނޫނެވެ!
އެއީ އަދިވެސް މުސްލިމުންގެ ދިރިހުރި ރޫހެކެވެ.
އަދި އަލުން ދިރުން ލިބެމުންދާ ނިޝާނެކެވެ.

ސްޕެއިންގެ ނިންމުންތަކާއި…
އަމަލުތަކާއި…
އަދި ދޭ އިހުތިރާމަކީ…
އެ ގައުމަށް ތައުރީފު ހައްގުވާ ސަބަބުތަކެވެ.
އެއީ ހަގީގީ ހަޟާރީ އަގުތަކެއްގެ ސަބަބުންނެވެ.
އަދި އަދުލުވެރިކަން ފެންނަ ހިނދު… އެކަން ހަނދާން ކުރެވެއެވެ.

ސްޕެއިނަށް ސަލާމް ކުރަމެވެ!
އަބަދުވެސް ދިރިއޮތް އަންދަލުސްގެ ރޫހަށް ސަލާމް ކުރަމެވެ!

الله أكبر الله أكبر الله أكبر
لا إله إلا الله الله أكبر الله أكبر ولله الحمد
الله أكبر كبيراً والحمد لله كثيرا
وسبحان الله بكرة وأصيلا
اللهم أنصر الإسلام وأعز المسلمين
اللهم أنصر الإسلام وأعز المسلمين

ހިއްސާ ކުރައްވާ!