މެދުއިރުމައްޗާއި އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ އަވަށްޓެރިކަމުގެ ގުޅުމާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ސަރަޙައްދީ ސިޔާސީ މަސްރަހުގައި ބޮޑެތި ފުށުއެރުންތައް ފެނެއެވެ.
ގޮތުން އަރަބި ގައުމުތަކުގެ އިގްތިސާދީ މަސްލަހަތުތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތަކަކީ އަވަށްޓެރިކަމުގެ ރިވެތި އުސޫލުތަކާ ޚިލާފު ކަމެއްކަން ޔަގީނެވެ! އެކަމަކު މުރުއްވައްތެރިކަމުގެ ޅެންތައް ކިޔައި އުޅޭ އަރަބިން ދުވަހަކުވެސް އަވަށްޓެރިކަމުގެ ރިވެތި އުސޫލަށް ރިއާޔަތް ކޮށްފައި ވޭހެއްޔެވެ؟
އަރަބި އިސްލާމީ ގައުމުތަކުގެ ބިމާއި، ވައިގެ ސަރަޙައްދާއި، ކަނޑުގެ ސަރަޙައްދުތައް ބޭނުންކޮށްގެން އިސްރާއީލުން އީރާނަށް ހަމަލާދިނުމަށް ފުރުސަތު ދިނީ އަރަބި އިސްލާމީ އަވަށްޓެރި ގައުމުތަކުން ނޫން ހެއްޔެވެ؟

ސޫދާންގެ ދާޚިލީ ހަނގުރާމައަށް ތެޔޮއަޅައި އެ ގައުމު ސުންނާފަތިކޮށްލީ އަވަށްޓެރި އަރަބި އިސްލާމީ ގައުމަކުން ނޫން ހެއްޔެވެ؟ ޔޫއޭއީން ނޫން ހެއްޔެވެ؟
ޔަމަނަށް ބޮން އަޅައި އެ ގައުމު ބިކަ ކޮށްލީ އަވަށްޓެރި އަރަބި އިސްލާމީ ގައުމަކުން ނޫން ހެއްޔެވެ؟ ސައޫދީ އަރަބިއްޔާއާއި ޔޫއޭއީ އިން ނޫން ހެއްޔެވެ؟
މިސްރުގެ މުރުސީ އަވަހާރަކޮށްލުމަށް އިޚުވާނުލްމުސްލިމޫންގެ ވެރިކަން ވައްޓާލުމަށް ޕްރޮޕެގެންޑާ ކުރީ އަވަށްޓެރި އަރަބި އިސްލާމީ ގައުމަކުން ނޫން ހެއްޔެވެ؟
ފަލަސްޠީނުގައި ޖެނޮސައިޑެއް ހިންގައި ރައްޔިތުން ބަނޑަށް ޖެއްސި އިރުވެސް ހިމޭނުން ތިބީ އަވަށްޓެރި އަރަބި އިސްލާމީ ގައުމަކުން ނޫން ހެއްޔެވެ؟
ފަލަސްޠީނުގެ ޖެނޮސައިޑްގެ ގާތިލުންނާ އަތު ގުޅާލައިގެންނާއި ބަގަލްގީރުކޮށް ބައްދަލައި ސަލާން ކޮށް އުޅުނީވެސް އަވަށްޓެރި އަރަބި އިސްލާމީ ގައުމަކުން ނޫން ހެއްޔެވެ؟
ޖެނޮސައިޑް ހިންގި އިޒްރޭލުގެ ޔަހޫދީ ހަތިޔާރު އުފެއްދުމާއި އާބާދީތައް ބިނާ ކުރުމުގައި ބައިވެރިވެގެން އުޅުނީވެސް އަވަށްޓެރި އަރަބި އިސްލާމީ ގައުމަކުން ނޫން ހެއްޔެވެ؟
އީރާނުގެ ދައުލަތް ވުޖޫދުން ފޮހެލުމަށް ހިންގާ ޓެރަރިރަޒާ ދެކޮޅަށް އީރާނުން ފިޔަވަޅު އެޅުމުން މިހާރު ކޮން އަވަށްޓެރި އަރަބި އިސްލާމީ އަޚުވަންތަ ކަމުގެ ވާހަކައެއް ހެއްޔެވެ؟





