ޚަރަދު ކުޑަކުރުމުގެ ގޮތުން ޔުނިވަރސިޓީތަކާއި ސަރުކާރު ސްކޫލްތައް ހަފްތާއަކު 4 ދުވަހު ހުޅުވާ ގޮތަށް ނިންމައިފި

ޕާކިސްތާންގައި ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، މުޅި ގައުމުގެ ހުރިހާ ޔުނިވަރސިޓީތަކެއް ހަފްތާއަކު ހަތަރު ދުވަހު ހުޅުވާ ގޮތަށް ހަޔަރ އެޑިއުކޭޝަން ކޮމިޝަނުން ނިންމައިފިއެވެ. މި ނިންމުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ޚަރަދުތައް ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު މުޅިނ ޕާކިސްތާންގ ހުރިހާ ޔުނިވަރސިޓީތަކެއް ބަންދުވާނެއެވެ. މީގެ އިތުރުން، ސަރުކާރުގެ ސްކޫލްތަކުގައި ވެސް މި ތިން ދުވަހު ކްލާސްތައް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.

އިއުލާންގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ޔުނިވަރސިޓީތަކާއި ސަރުކާރުގެ ތައުލީމީ މުއައްސަސާތަކުގައި ހުކުރު ދުވަހު އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަކީ އިޚްތިޔާރީ ކަމެކެވެ.

ހިއްސާ ކުރައްވާ!