15 އަހަރުން ދަށަށް މީސްމީޑިއާ މަނާ ކުރަނީ

ތުރުކީވިލާތުގައި އުމުރުން 15 އަހަރުގެ ދަށުގެ ކުދިން މީސްމީޑިއާ ބޭނުން ކުރުން މަނާ ކުރުމަށް ނިންމައިފިއެވެ. މި ކަމާ ބެހޭ ގާނޫނު ތުރުކީ ޕާލަމެންޓުން ވަނީ ޕާސްކޮށްފައެވެ.

ރައީސް އެރުދުޣާންގެ ޕާޓީން ހުށަހަޅައިގެން ފާސްކޮށްފައިވާ މި ގާނޫނަށް އަމަލު ކުރަން ފަށާނީ ރައީސް ސޮއިކުރައްވާތާ 6 މަސް ފަހުންނެވެ.

މި ގާނޫނުގެ ދަށުން 15 އަހަރުގެ ދަށުގެ މީހުންނަށް މީސްމީޑިއާ އެކައުންޓްތައް ހެދުންވެސް މަނާވާނެއެވެ.

ހިއްސާ ކުރައްވާ!