މޯލްޑިވްސް ޕްރިމިއާ ބޭންކަށް ބޭންކިންގް ލައިސަންސް ދީފި، ޗެއާޕާސަން އަކީ ނޫރައިން ޖަނާހް

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ބޭންކިންގް ޚިދުމަތް ދިނުމުގެ ފުރިހަމަ ލައިސަންސް ދީފިއެވެ. މިއާއެކު ރާއްޖޭގެ ބޭންކިންގް ދާއިރާއަށް އާ ކޮމާޝަލް ބޭންކެއް ތައާރަފްވުމުގެ މަގު ވަނީ ފަހިވެފައެވެ.

މި ބޭންކުގެ ހިންގުމުގެ ހުއްދަ އެމްއެމްއޭ އިން ހަވާލުކުރީ މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހްއާއެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި މި ބޭންކަށް ލައިސަންސް ދޫކުރީ، މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ޓިއަރ 1 ބޭންކެއް ގާއިމުކުރުމަށް ދޫކުރި ވަގުތީ ހުއްދައިގެ ދަށުން ފުރިހަމަކުރަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރުމުންނެވެ.

Maldivian Trailblazer Named to World Economic Forum’s Young Global Leaders Class of 2025

"މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ބޭންކިންގް ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށާއި ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އޮތޯރިޓީން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް،" އެމްއެމްއޭ އިން ނެރުނު ބަޔާނުގައިވެއެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން ނޫރައިން ޖަނާހް އަކީ ރާއްޖޭގެ ކޯޕަރޭޓް ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ. ޗާޓަރޑް އެކައުންޓެންޓެއްގެ ގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ނޫރައިން މިހާރު ވެސް ގެންދަވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުންނެވެ.

Maldives Gets a New Bank as Noorain Janah Leads Premier Bank to Full Operating Licence

މީގެ ކުރިން ނޫރައިން ވަނީ އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާފައެވެ. ނަމަވެސް ބޯޑު މެންބަރުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން 2024 ވަނަ އަހަރުގެ މެއި މަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މޯލްޑިވްސް ޕްރިމިއާ ބޭންކުގެ އިސް މަގާމާ ހަވާލުވެވަޑައިގަތުމާއެކު، އޭނާގެ މަސްއޫލިއްޔަތުތައް މިހާރު ވަނީ އޭވިއޭޝަން، ފަތުރުވެރިކަން އަދި ބޭންކިންގް ދާއިރާއަށް ފެތުރިފައެވެ.

ރާއްޖޭގެ ބޭންކިންގް ދާއިރާ ފުޅާވަމުންދާއިރު، އެމްއެމްއޭ އިން ދާދި ފަހުން ވަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްއަށް ވެސް ލައިސަންސް ދޫކޮށްފައެވެ. މޯލްޑިވްސް ޕްރިމިއާ ބޭންކާއެކު، ބޭންކް އޮފް މޯލްޑިވްސްގެ ނުފޫޒު ބޮޑު މި ދާއިރާއަށް އިތުރު ވާދަވެރިކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.

President Appoints First Female Chairman of Maldives Airports Company

 

ހިއްސާ ކުރައްވާ!